ޕީރިއަޑް ވުމުން ޖަހާ ޕެޑު ކޮންމެ ހަތަރު ގަޑިއިރަކުން ބަދަލުރަން ޖެހޭ: ދިރާސާ

ޕީރިއަޑް ވުމުން ޖަހާ ޕެޑް އަކީ ވަރަށް އަވަސް އަވަހަށް ބަދަލުކުރަން ޖެހޭ އެއްޗަކަށް މިވަނީ ވެފައެވެ. އެގޮތުން ސިއްޚީ މާހިރުންގެ ހޯދުންތަކުން އެނގޭ ގޮތުގައި އަންހެނުން ޕީރިއަޑް ވުމުން ޖަހާ ޕެޑް މަދުވެގެން ދުވަަލަކު ހަތަރު ފަހަރު ބަދަލުކުރަން ޖެހެއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. މިކަން މިގޮތަށް ކުރަން ޖެހޭ ގިނަ ބަސަބުތަކެއް ސިއްޚީ މާހިރުންގެ ހޯދުންތަކުން ދެނެގަނެފައިވެއެވެ. އެހެން ކަމުން މި ލިޔުމުގައި މި ބަލާލަނީ ސިއްޚީ މާހިރުން ހޯދާފައިވާ ހޯދުންތަކުގެ މުހިންމު ބައެއް ކަންކަމަށެވެ.

ސިއްޚީ މާހިރުންގެ ހޯދުންތަކުން އެނގޭ ގޮތުގައި އަންހެނަކު ޕީރިއަޑް ވުމުން ބޭރުވާ ލެއަކީ އޭގައި ވަރަށް ނުރައްކާތެރި ޖަރާސީމެއް އެކުލެވޭ ލއެކެވެ. އެގޮތުން ޕީއިއަޑް ވުމުން އަންނަ ލޭގެ ސަސަބުން އިންސާނާއަށް އެތައް ސިއްޚީ މައްސަލަތަކަކާއި ކުރިމަތިލާން ޖެހެއެވެ. ސިއްޚީ މާހިރުންގެ ބައެއްް ހޯދުންތަކުން އެނގޭ ގޮތުގައި ޕީރިއަޑް ވުމުން ޖަހާ ޕެޑް މާ ގިނައިރު ބަދަލުނުކޮށް ހުރެއްޖެ ނަމަ އެކަމުގެ ސަބަބުން ސިއްޚީ ބަލިމަޑުކަމެއް އުފެދިދާނެއެވެ. އެގޮތުން ރަހިމުތެރޭގައި ބެކްޓީރިއާ އުފެދުމާއި ޔެސްޓް އިންފެކްޝަން އުފެދުމަށް މެދުވެރިވެއެވެ. ޔެސްޓް އިންފެކްޝަން އުފެދުމުން ކުރިމަތިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ރަހިމުގެ އެތެރެ ހިރުވާ ދުޅަވެ ދިލަނެގުންފަދަ ކަންކަން ކުރިމަތިވެއެވެ.

މިކަންތަކުގެ ސަބަބުން ޕޮލިސިސްޓިކް އޮވަރީ ޑިސީސް ނުވަތަ ޕީސީއޯޑީ އުފެދި ޕީރިއަޑް ގެ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ދަރިމައި ވުމަށްވެސް ހުރަސް އެޅިދާނެ ކަމަށް ހޯދުންތަކުން ދައްކައެވެ. މީގެ އިތުރުން ފައިބްރޮއިޑެއް ނުވަތަ ޓިއުމާއުފެދުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މި ހޯދުންތަކުން ދައްކާފައިވާ ކަމަށް ސިއްޚީ މާހިރުން ބުނެއެވެ.

ސިއްޚީ މާހިރުންގެ މި ހޯދުންތަކުން ބުނާ ގޮތުގައި ޕީރިއަޑް ވުމުން ފަރުވާ ކުޑަކޮށް ސާފުތާހިރުކަމަށް އިސްކަން ނުދީފިނަމަ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް ނުވަތަ އޯވަރީގައި ސިސްޓު އުފެދުމަކީ ވެސް ވަރަށް ގާތްކަމެކެވެ. މި މައްސަލައަކީ ހަގީގަތުގައިވެސް އަންހެނުންނަށް ގިނައިން ދިމާވާ ނުރައްކާތެރި ސިއްހީ މައްސަލައެކެވެ. ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި އަންހެނުންގެ ޕީރިއަޑް ދުވަސްކޮޅަކީ ޚާއްސަ ސަމާލުކަމެއް ދީ ސާފުތާހިރުކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ދުވަސްކޮޅެކެވެ. އެގޮތުން ޖަހާ ޕެޑް އަވަސް އަވަހަށް ބަދަލުކުރުން މުހިންމުކަމަށް ބުނެފައިވެއެވެ.

އެގޮތުން ސިއްޚީ މާހިރުންގެ ލަފަޔަކީ ޕީރިއަޑް ވުމުން ޖަހާ ޕެޑް ކޮންމެ ހަތަރު ގަޑިއިރަކުން ބަދަލުކުރުމެވެ. އޭރުން މިކަމުން ދިމާވާ ގިނަ ސިއްޚީ މައްސަލަތަކުން ސަލާމަތް ވެވޭނެ ކަމަށް ހޯދުންތަކުން ބުނެއެވެ.

ކަން މިހެން ހުރިއިރު، މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދިނުމަކީ އެންމެ އެދެވޭ ގޮތްކަމުގައި މި ދިރާސާ ހޯދުންތަކުން އެނގެއެވެ.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.