ޕްރިޔަންކާ ޗޯޕްރާ --
ޕްރިޔަންކާ ޗޯޕްރާ --

ޕްރިޔަންކާ ލަންޑަންގެ ލޮންޑައުން ގަވައިދާ ހިލާފުވިކަމަށް އެއްބަސްވާން ދެކޮޅު ހަދައިފި

ފިލްމެއްގެ މަަސައްކަތުގައި އިނގިރޭސިވިލާތުގައި އުޅޭތާ ތިން މަސްވެފައިވާ ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިންކާ ޗޯޕްރާ ޖޯނަސް ލަންޑަންގެ ލޮކްޑައުން ގަވައިދާ ހިލާފުވިކަމަށް އެއްބަސްވާން ދެކޮޅު ހަދައިފި އެވެ.

އެ ގައުމުގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި އެކު ބޭރަށް ނުކުމެވެނީ ޒަރޫރީ ބޭނުންތަކަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެންނެވެ. ޒަރޫރީ ބޭނުންތަކުގެ ގޮތުގައި ހިމެނެނީ ޑޮކްޓަރަށް ދެއްކުމާއި ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ސުޕަމާކެޓްތަކަށް ދިޔުމެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލޮކްޑައުން ތެރޭގައި ޕްރިޔަންކާ ވަނީ މިދިޔަ ހަފްތާގައި ލޮކްޑައުނާއި ހިލާފު ވެފައި އެވެ. އެގޮތުން އިސްތަށިގަނޑު ނުކޮށާ ނުހުރެވިގެން އޭނާ ދާން ބޭނުންވާ ސެލޫން ހުޅުވައިގެން ހިދުމަތް ހޯދާފައި ވެއެވެ. ލޮކްޑައުން ތެރޭގައި ސެލޫންތައް ހުޅުވައިގެން ހިދުމަތް ދިނުން އޮތީ މަނާކޮށްފައި އެވެ.

ޕްރިޔަންކާއަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ސެލޫންއަށް ދާން ހުއްދަ ނުލިބުމުން ހުއްދައަށް އެދުނީ އޭނާ ކުޅެމުންދާ ޑްރާމާ ސިލްސިލާ “ޓެކްސްޓް ފޯ ޔޫ” ގެ މަސައްކަތެއް ކުރުމަށް ކަމަށެވެ. ކޯވިޑާއި ގުޅިގެން އިނގިރޭސިވިލާތުގައި އެކުލަވަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރާ ނަމަ ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކުގެ މަސައްކަތް ކުރުމަށް ހުއްދަ ދޫކުރެ އެވެ. އެ ހުއްދަ އޮތީ ޕްރިޔަންކާ ކުޅޭ “ޓެކްސްޓް ފޯ ޔޫ” އަށް ދީފައި އެވެ.

ޕްރިޔަންކާ އިސްތަށިގަނޑު ކޮށަން ބޭނުންވެގެން ސެލޫންގެ ވެރިފަރާތް ލައްވާ އެތަން ހުޅުވިކަން ފަޅާ އެރީ އެތަނަށް ޕްރިޔަންކާ ވަންނަނިކޮށް ބަޔަކަށް ފެނިގެންނެވެ. އެމީހުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައި އެވެ.

ފުލުހުން މީޑިއާގައި ބުނެފައިވަނީ އެ މައްސަލަ ބެލުމަށް ފުލުހުން ސެލޫންއަށް ދިޔަކަމަށާއި ގޮސް އެންމެ ފުރަތަމަ އަދި ފަހު ފަހަރު ކަމަށް ސެލޫންގެ ވެރިފަރާތަށް ނަސޭހަތް ދީފައިވާނެ ކަމަށެވެ. އެކަމަކު ޕްރިޔަންކާ ދޮގު މައުލޫމާތު ދީގެން ސެލޫންއަށް ދިޔުމާއި މެދު ފިޔަވަޅެއް ނާޅައެވެ.

ލޮކްޑައުން ގަވައިދާ ހިލާފުވާ ވިޔަފާރިތައް އެ ގައުމުގައި 10،000 ޕައުންޑުން ޖޫރިމަނާ ކުރެ އެވެ.

މި މައްސަލައިގަ ޕްރިޔަންކާ ބުނެފައިވަނީ އޭނާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ދޮގު މައުލޫމާތު ދީފައި ނުވާނެ ކަމަށެވެ. އޭނާ ސިލްސިލާގެ ނަން ބޭނުންކޮށްގެން ހުއްދަ ނެގީ ސީދާ ސެޓަށް ޝޫޓިންއަށް ދާން ނޫން ކަމަށް ވިޔަސް އިސްތަށިގަނޑު ކޮށަން ސެލޫން އަށް ދިޔައީ މަސައްކަތާއި ގުޅުން ހުރި ކަމަކަށް ވާތީ ކަމަށެވެ.

ޕްރިޔަންކާ ފެނިގެންދާ “ޓެކްސްޓް ފޯ ޔޫ” ނެޓްފްލިކްސްގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެ ސިލްސިލާގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައި އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.