ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 59ށް އަރައިފިއެވެ.
އެއީ މާލެއިން ފައްސިވި33 މީހުންނާއި ރިސޯޓަކުން ފައްސިވި6 މީހަކާއި، މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި 20 މީހުންނެވެ.
މިއަދަކީ މިއަހަރު ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން 37 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި 760 މީހުން މިހާރު ބައްޔަށް ފަރުވާ ކުރަމުން ދާއިރު، ހޮސްޕިޓަލްގައި މިވަގުތު ތިބީ53 މީހުންނެވެ.