ކަންގަނާގެ ހަމަލާއެއް އަނެއްކާވެސް ތާޕްސީއަށް!

ބޮލީވުޑްގެ ތަރިންނާއި އެންމެ ހިޔާލު ތަފާތުވެ ގުޅުން ގޯސްވަނީ ކަންގަނާ ރަނާވަތާއި އެވެ.

ބޮލީވުޑްގައި މި ފަހުން ކަންގަނާ މަޝްހޫރުވެފައިވަނީ ނުބެހޭ ކަންކަމާއި ބެހުމާއި، ދައްކަން ނުޖެހޭ ވާހަކަ ދެއްކުން ނުވަތަ ބޭކާރު އަނގަ ތަޅާ މީހެއްގެ ގޮތުގައި އެވެ. ކަންގަނާ ބަހުގެ ހަމަލާ ދޭންވެއްޖެ ނަމަ ވަކި ދާއިރާއިރާއެއް ވަކި ފަންތިއެއްގެ މީހަކަށް ބެލުމެއް ނޯވެ އެވެ.

މިފަހަރު ކަންގަނާގެ ހަމަލާ ރައްދުވީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެމުން އަންނަ ތާޕްސީ ޕަންނޫއަށެވެ. ކަންގަނާ ތާޕްސީއަށް މަލާމަތް ކުރީ އޭނާ ނަގާފައިވާ ފޮޓޯއެއްގައި ކަންގަނާ ހެދުން އަޅާ ގޮތަށް ހެދުން އަޅައި ކަންގަނާ އާއި އެއްގޮތަށް ހުއްޓިލައިގެން ހުރެ ފޮޓޯ ނަގާފައިވާތީ އެވެ. އެ ފޮޓޯއަކީ ތާޕްސީ މެގަޒިންއަކަށް ނަގާފައިވާ ފޮޓޯ އެކެވެ.

ތާޕްސީގެ އެ ފޮޓޯތައް ހިއްސާ ކުރުމަށް ފަހު މީހަކު ބުނެފައިވަނީ އޭނާ ވަނީ 1،000 ޕަސެންޓު ކަންގަނާ ކޮޕީކޮށްފައި ކަމަށެވެ. މި ފޮޓޯއާއި ގުޅިގެން ކަންގަނާ ކުރި ޓުވީޓެއްގައި ތާޕްސީއަށް މަލާމާތްކޮށް ހިނިގަނޑެއް ޖަހާލުމަށް ފަހު ބުނެފައިވަނީ ތާޕްސީ އަބަދުވެސް އުޅެން ބޭނުންވަނީ އޭނާ އުޅޭގޮތަށް ކަމަށެވެ.

ކަންގަނާ ބުނީ ސުޕާ ސްޓާރު އަމީތާބު އާންމުން ކޮޕީ ކުރާހެން ފިލްމީ ދާއިރާގައި އަންހެން ތަރިން އެންމެ ގިނައިން ކޮޕީ ކުރަނީ އޭނާ ކަމަށެވެ.

މީގެ ކުރިންވެސް ކަންގަނާ އާއި އޭނާގެ ދައްތަ ސޯޝަލް މީޑިއާގައި ތާޕްސީ އާއި ޖައްސާލާފައިިވެ އެވެ. އަދި ބައެއް ފަހަރު އޭރު އޭނާ އާއި ދިމާލަށް ކަންގަނާ ކީ އެއްޗިއްސަށް ތާޕްސީ ރައްދުދީފައިވެ އެވެ.

ކަންގަނާ އަކީ އަނބޮޑުކަމުން ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭނގިގެން އުޅޭ މީހެކެވެ. އޭނާ ވަނީ ފިލްމީ ދާއިރާގައި އުޅޭ ހުރިހާ އެންމެންހެން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނެފައި އެވެ. އަދި މުމްބައީގެ ސިޔާސީ ލީޑަރު އޭނާއަށް މަސްތުވާތަކެތި ގަދަކަމުން ދޭން އުޅުނުކަމަށް ތުހުމަތުކުރި އެވެ.

މީގެ އިތުރުން ކަންގަނާ ވަނީ އަމިއްލައަށް ދަން ޖެހިގެން މަރުވި ސުޝާންތު ސިންގް ރާޖްޕުޓްގެ މަރާއި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުންނާއި އަޅުވައިގެން ކިޔާފައިވެ އެވެ. މި މައްސަލައިގަ ބޮލީވުޑްގެ މަޝްހޫރު ގިނަ ޑައިރެކްޓަރުން ވަނީ ކަންގަނާ އަކީ ކިތަންމެ ހުނަރުވެރި ތަރިއެއް ވިޔަސް އޭނާ އާއި އެކު މަސައްކަތް ކުރަން ބޭނުން ނުވާކަމަށް ބުނެފައި އެވެ.

ކަންގަނާ އަނެއްކާވެސް ތާޕްސީއަށް ބަހުގެ ހަމަލާތަކެއް ފޮނުވާލިއިރު ދެ މީހުންގެ ތެރެއިން މިހާރު ބޮލީވުޑްގައި އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑު ބޮޑީ ތާޕްސީ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.