ރާއްޖެ ހިމެނޭ ގޮތަށް 10 ގައުމެއްގައި ފުޅާދާއިރާއެއްގައި ޓެލެކޮމް ހިދުމަތް ފޯރުކޮށްދޭ އުރީދޫއަށް ބައިނަލަގްވާމީ ދެ އެވޯޑެއް ލިބިއްޖެއެވެ.
އުރީދޫއަށް ލިބިފައިވަނީ ޓެލެކޮމްސް ވޯލްޑް މިޑިލް އީސްޓް އެވާޑްސް 2015 ގައި ދިން ”ބެސްޓް އޮޕްރޭޓަރ“ އެވާޑާއި ސީއީއޯ މިޑްލް އީސްޓް އެވާޑްސް އިންދޭ ”ޓެލެކޮމްސް ސީއީއޯ އޮފް ދި އިޔާ“ އެވާޑެވެ.
މިދެ އެވާޑް ލިބުމާއި ގުޅިގެން އުރީދޫ ގްރޫޕްގެ ސީއީއޯ ޑރ. ނަސްއަރ މަރާފިހް ވިދާޅުވެފައިވަނީ މި ދެއެވާޑު ލިބުމުން ދޭހަކޮށްދެނީ އުރީދޫއިން ދުނިޔޭގެ މެދު އިރުމައްޗާއި، އުތުރު އެފްރިކާ އަދި ދެކުނުއިރުމަތީ އޭސިއާގެ ރައްޔިތުންގެ ދިރިއުޅުމަށް ފޯރުކޮށްދެމުންދަނީ ފުރިހަމަ ހިދުމަތްތަކެއްކަމެވެ.
ބެސްޓް އޮޕަރޭޓަރ އެވާޑް އުރީދޫއަށް ލިބުނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ފުރިހަމަކަމާއި، ކަސްޓަމަރުންގެ އަދަދު އިތުރުވި މިންވަރާއި ، ބޭނުންކުރާ ޓެކްނޮލޮޖީގެ ފައްކާކަމާއި އަދި މީގެ އިތުރުން ވެސް އުރީދޫ އިން ބޭސްފަރުވާއަށާއި، ދަތުރުފަތުރަށާއި މުނިފޫހި ފިލުވުގެ އިތުރުން ޒަމާނީ ތަރައްގީއަށް ފޯރުކޮށްދެމުންދާ ޒަމާނީ ހިދުމަތްތަކަށްބެލުމަށްފަހުގައެވެ. އަދި ޓެލެކޮމްސް ސީއީއޯ އޮފް ދި ޔާ އެވާޑް ޑރ ނަސްއަރ އަށް ލިބުނީ ޑރ ނަސްއަރ އެކުންފުންޔަށް ހޯދައިދިން ޒަމާނީ ކުރިއެރުމާއި ކާމިޔާބީއަށް ބެލުމަށްފަހުގައެވެ.
އުރީދޫއަށް ލިބުނު ދެއެވާޑް ވެސް ލިބުފައިވަނީ ބައިންލްގްވާމީ ބޮޑަތި އެހެން ކުންފުނިތަކާއި ވާދަކޮށެވެ. މިދެ އެވާޑް މި ހަފްތާތެރޭގައި އޫރިދޫއަށް ލިބުނު އިރު ”ވޯރލްޑް ކޮމިއުނިކޭޝަން އެވާޑްސް 2013“ ގައި އުރީދޫއަށްވަނީ ”ބެސްޓް މޯބައިލް އޮޕަރޭޓަރ އޮފް ދި ޔާ“ އެވާޑް ވެސް ލިބިފައެވެ.