ވައިގެ މަގުން އެތެރެ ކުރަން އުޅުނު އެއް ކިލޯގެ ކެނަބިސް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު އެއްކިލޯގެ ކެނަބިސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ރޭ ރާއްޖެއައި ބަންގްލަދޭޝް މީހެއް އަތުން ކެނަބިސް ފެނިފައިވަނީ އަންނައުނުތަކުގެ ތެރެއިން ކަމަށެވެ. އެމީހާ އަތުން 1008 ގުރާމުގެ ކެނަބިސް އަތުލައިގަނެފައިވާއިރު އޭނާއަތުން އެތަކެތި އަތުލައިގަނެވުނީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަމަށެވެ.

އެމީހާ ރާޢްޖެ އައިސްފައިވަނީ ބަންގްލަދޭޝައިން ޗެންނާއީ މަގުންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭވެސް  ކަސްޓަމްސްއިން ވަނީ  މާލެ އައި ބަންގްލަދޭޝް މީހެއްގެ އަތުން 925 ގްރާމްގެ ކެނަބިސް އަތުލައިގަނެފަ އެވެ.

އެ ސާވިސްސަސް އިން ބުނީ މިދިޔަ ހުކުރު ދުވަހުގެރޭ އެމްޕްލޯއިމަންޓް ވިސާގައި ރާއްޖެއަށް އަލަށް އައި އުމުރުން 20 އަހަރުގެ  ބަންގްލަދޭޝް މީހާ އެކްސްރޭކުރި އިރު އޭނާ ގެންގުޅުނު ބެކްޕެކް ތެރޭގައި އިތުރު ދަބަހެއް އޮތް ކަމަށް ދައްކާތީ، އިތުރަށް ބެލިބެލުމުން އެ ދަބަހުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްއަށް ޕޮސިޓްވެފައިވާ ކަމުގައި ކަސްޓަމްސް އިން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އެދެމީހުން މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *