ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުންނަކީ އަބަދުވެސް ބޭރުފުށުގެ ރީތިކަމަށް ވަރަށް ބޮޑަށް ބަލާ ބައެކެވެ. މީގެ އެއް ހެއްކަކީ ފިރިހެންވެރީންނަށް ދެއްކުމަށް ޓަކައި ގިނަ އަންހެންވެރީން ނަލަވާ ނަލަވުމެވެ. މޭކަޕް ކުރުމާއި އިސްތަށިގަނޑަށް އެ ހަދާ ގޮތްގޮތެވެ. ފަޔަށް ތަދުވެގެން ފައިގައި ފޮޅުލިޔަސް އެ އަރަމުންދާ އުސްފައިވާންތަކާއި ބޫޓުތަކެވެ. އަދި ލާނެ ހެދުމެއް ނެތް ކަމަށް ބުނެ ކޮންމެ ހަފުތާއަކު އެ ގަންނަމުންދާ އައު ހެދުންތައް މިކަމުގެ ހެއްކަކަށް ފުދޭ ނޫންހެއްޔެވެ. އެހެން ނަމަވެސް މި ހުރިހާ ގުރުބާނީއެއް އަންހެންވެރީން ވަމުންދާއިރުވެސް އަދިވެސް މިވަނީ ފިރިހެންވެރީން އުފާކޮށްނުދެވިފައެވެ. އެހެންކަމުން ފިރީން އުފާކޮށްދޭން ކޮށްދޭންޖެހޭ ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ.
މީރުކޮށް ކެއްކުން
ދިރާސާތަކުން ދައްކާގޮތުގައި ގޭގައި ވަރުގަދައަށް ކައްކާނަމަ ފިރިހެންވެރީން އަނބީންދެކެ ލޯބިވާ މިންވަރު އިތުރުވެއެވެ. ހެނދުނަށް މަސައްކަތަށް ނިކުތުމުގެ ކުރީން ފިރިމީހާއަށް މީރު ސަޔެއް ދިނުމުގެ އިތުރުން މެންދުރަށްވެސް މީރު އެއްޗެއް ކައްކާ ކަމުގައި ބުނާށެވެ. ބްރޭކް ގަޑީގައި ފޯނު ނުނަގާ ކޮފީއަށް ނުގޮސް ގެއަށް އަންނަ ފިރިހެނުން މި ދިރާސާއިން އިތުރުކަމުގައި ދައްކައެވެ.
ނަލަހެދިގެން ހުރުން
ޒަމާނަށް އައި ބަދަލާގުޅިގެން އަންހެނުން މަސައްކަތުގެ މާހައުލަށް ނިކުންނަ ފަދައިން ފިރިހެންވެރިންނަކީވެސް މި ޒަމާނުގައި ގޭތެރޭގެ ކަންތައްތަކުގައި އެހީތެރިވާންޖެހޭ ބައެއް ނޫންހެއްޔެވެ. އެހެން ނަމަވެސް މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މި ކަމަށް އޮތް ހައްލަކީ ކައްކާ ވަގުތުގައްޔާއި އަދި ގޭތެރޭގައި އުޅޭ އެހެންވެސް ވަގުތުތަކުގައި ފިރިމީހާގެ ކުރިމަތީގައި ނަލަހެދިގެން ހުރުމެވެ. ގިނަ އަންހެނުންނަކީ ވަޒީފާއަށް ނުވަތަ އެނޫނަވެސް ތަނަކަށް ދިޔުމަށްޓަކާ ނޫނީ ރީތި ހެދުމެއް ލައިގެން ނަލައެއް ނުހެދެވެއެވެ. ގޭގައި ގިނަ ވަގުތު ހޭދަކުރެވެނީ ނިދާ ހަރުވާޅު ލައިގެންނެވެ. އެހެންކަމުން ފިރިންނަށް އަނބިން ގިނައިން ފެންނަނީ ނިދާ ހެދުމުގައެވެ.
މީރުވަސް ދުވުން
ފިރިމީހާއަށް އެންމެ ކަމުދަނީ ކޮން ކަހަލަ ވަހެއްތޯ ބަލައި އެފަދަ ވަސްދުވާ ސެންޓު ގަނެގެން ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސެންޓްޖަހައި އަދި މީރުވަސްދުވާ ތަކެތި ބޭނުންކުރަންވީ ހަމަ އެކަނި ބޭރަށްދާ ވަގުތުގައި އެކަންޏެއް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނަ ފިރިހެނުން އެމީހުންގެ އަނބިންނަށް އެންމެ ގިނައިން ދޭ އެއް ހަދިޔާ އަކީ ސެންޓުފުޅިއެވެ. އެހެން ނަމަވެސް އަނބިންނަށް އެ ބޭނުން މި ކުރެވެނީ ބޭރަށްދާ ވަގުތުގައި އެކަންޏެވެ. މިކަމާމެދު ވިސްނާލަން އެބަޖެހެއެވެ.
ލޯބިން ވާހަކަދެއްކުން
ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުންނަކީ އެމީހުންގެ އިހުސާސްތައް އެހާ ފަސޭހައިން ބަންޑުންކޮށްލާ ބައެއް ނޫނެވެ. އަންހެނުން ފަދައިން ކަމެއްވުމުން އެންމެންގެ ގާތު އެވާހަކަ ހިފައިގެން ހިނގާ ބައެއް ނޫނެވެ. އެހެން ކަމުން ވަޒީފާގެ މާހައުލުގައި ނުވަތަ ގޭގައިވެސް ކަމެއް ދިމާވުމުން އެކަމާ ޝަކުވާނުކޮށްފާނެއެވެ. ބަލަންވީ ކޮންމެ ހާލެއްގައިވެސް ފިރިންނާ ލޯބިން ވާހަކަދެއްކުމަށެވެ. ލޯބިން ވާހަކަދައްކާ ހެދުމުން ވާހަކަތައް ހިއްސާކުރުމަށާއި އަދި އެ ނޫންވެސް ގުޅުންތައް ކުރިއަށްގެންދިޔުމަށް ފަހިވެއެވެ.
9 Responses
އަދި އެއްބައި މަދެއްނު. 1.ވަގުބިޓުން ގެންގުޅުނަސް ކަހާތަން ހިރުވާނުލައިތިބުން. އަނބިމީހާ އެއްޗެކޭ ނުބުނެ ހުންނަންވީއެވެ. އެމީހުން ގަންނާނެ ގަނޑެއް ގަންނަންވީއެވެ.
2.އެއްވެސް ކަމަކާ ސުވާލުވެސް ކޮށްގެން ނުވާނެ.
Thiyaa hama thedhu vaahaka eh
aan emyhun baynunvaane reyakah miheh. mihaaru miulhay firihenun haadha foarieh huray anhenun naa hedhi .
hadhany dhogukan engunas neyngey kamah ves hadhan jeheyne eyrun firin varah ufaavaane rangalhu vaahakaeh
True that
😁Asluves v bodu thedheh
Thikahala anhenunneh mihaarunoolhey varahmudu dhaarukoh anhenun ulhenee firimeehaayakee evves ehcheh noon.
True that
coffee ah abadhuves fonuvan vaane emyhunge rahttehinnaa eku