2002 ވަނަ އަހަރު ނުކުތް ހެއްވާ މަޖާ ބޮލީވުޑް ފިލްމެއް ކަމަށްވާ އާވާރާ ޕާގަލް ދީވާނާގެ ސީކުއެލްއެއްގެ ގޮތުގައި އާވާރާ ޕާގަލް ދީވާނާ ރިޓާންސް ކުޅެން ނިންމައި އަކްސޭގެ ބަދަލުގައި ފެނިގެންދާނީ ޖޯން އަބްރަހަމް ކަމަށް އިއުލާނު ކޮށްފި އެވެ.
މި ފިލްމު ކުޅެން ޖޯން އަބްރަހަމް އާނބަސް ބުނެފައިވަނީ ”ފޯސް -2“ ޝޫޓް ކުރުމަށް ހަންގޭރީއަށް ފުރުމުގެ ކުރިންނެވެ.
ފިލްމު ޕްރޮޑަކްޝަންއިން ބުނެފައިވަނީ އާ ފިލްމުގައި އަކްޝޭގެ ބަދަލުގައި ޖޯން އަބްރަހަމް މަސައްކަތް ކުރިނަމަވެސް ފިލްމުގެ އަނެއް މެއިން ދެ ކެރެކްޓާ ކަމުގައިވާ އަފްތާބް ސިވްދަސާނީ އާއި ސުނިލް ޝެޓީގެ ރޯލަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.