ނެޝަނަލް ނިއުޓްރިޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ނެޝަނަލް ނިއުޓްރިޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކިޔެވުމާއި އެއްވަރަށް ދަރިވަރުންގެ ސިއްހީ ރައްކާތެރިކަމަށް ސަރުކާރުން ސަމާލުކަންދޭ: މިނިސްޓަރު

ދަރިވަރުންގެ ކިޔެވުމާ އެއްހަމައެއްގައި އެ ދަރިވަރުންގެ ސިއްހީ ސަލާމަތާއި ރައްކާތެރިކަމަށް މި ސަރުކާރުން ސަމާލުކަންދޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިންތިޒާމް ކޮށްގެން މިއަދު ފެށި ނެޝަނަލް ނިއުޓްރިޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރުން ބަލަނީ، ދަރިވަރުންނަށް ފަހިކޮށްދެވޭ ތަޢުލީމީ ފުރުސަތުތަކުގެ މައްޗަށް އެކަނި ނޫން ކަމަށެވެ.

”މިގޮތުން، ފާއިތުވީ އަހަރު މުޅިރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 1 ގެ ދަރިވަރުންނަށް ހިންގުނު ހެލްތު ސްކްރީނިންގ ޕްރޮގްރާމަކީ މީގެ މިސާލެއް،“ މިނިސްޓަރ ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް ގައި އެކަމަނާ ވިދާޅުވީ، ފުރާވަރުގެ ޢުމުރުގެ ކުދިންނަށް އަމާޒުކޮށްގެން މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 7ގެ ދަރިވަރުންނަށް ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް މިއަހަރުވެސް ކުރިއަށްދާ ކަމަށެވެ.

އަދި ކޮންމެ ކުއްޖަކުވެސް ސްކޫލު ތަޢުލީމު ފުރިހަމަކުރުމަށްފަހު ނުކުންނައިރު، އެކުއްޖަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ލިބިފައިވާ ކުއްޖެއްކަން ކަށަވަރުކުރުމަށްޓަކައި މިއަހަރު އަލަށް ތަންފީޒުކުރަންފެށި އާމަންހަޖުގައި ހެލްތް އެންޑް ފިޒިކަލް ފިޓްނަސް ކިޔާ އާމާއްދާއެއް ތަޢާރަފް ކުރެވިފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރު ހެލްތު ސްކްރީނުކޮށްގެން ލިބިފައި ވާ މައުލޫމާތަކީ ރާއްޖޭގެ އެކި އާބާދީގައި ކުދިން  ދުޅަހެޔޮ ސިއްޙަތެއްގައި ހެދި ބޮޑުވުމުގައި ހުރި ތަފާތު ގޮންޖެހުންތައް ކަމަށެވެ.

”މިހެންކަމުން، ދަރިވަރުން ހެޔޮގޮތުގައި ހެދި ބޮޑުވުމަށްޓަކައި ބޭނުންވަނީ ކޮންބާވަތެއްގެ ކޮންކަހަލަ ކާނާއެއްތޯ ރައްޔިތުންނަށް އަންގައި ދިނުމަކީ ވަރަށްވެސް މުހިންމު ކަމެއް.“ މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި ކޮންފަރެންސްއަކީ  ތުއްތު ކުދިންނަށް ހެޔޮ މުސްތަގުބަލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

”ދުޅަހެޔޮ ޞިއްޙަތެއްގައި ކުޑަދަރިފުޅު ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ އަދި މައިމީހާއަށް ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަމާއި ކުޑަދަރިފުޅަށް ފައިދާހުރިކާނާގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށްފައިވާ މި ކޮންފަރެންސަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގައި މުހިއްމު މަސައްކަތެއް.“ މިނިސްޓަރ ވިދާޅުވި އެވެ.

ނެޝަނަލް ނިއުޓްރިޝަން ކޮންފަރެންސް ފެށުމުގެ މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ’މެޓާނަލް އެންޑް ޗައިލްޑް ނިއުޓްރިޝަން ގައިޑް‘ ކިޔާ ފޮތެއް ނެރެދެއްވާފަ އެވެ.

މިފޮތަކީ ތުއްތު ކުދިންނަށް ކޮންމެހެން ލިބެންވާ ކާނާ އަކީ ކޮބާކަމާއި އަދި މިކާނާ ތުއްތު ކުދިންނަށް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ހިމެނޭ ފޮތެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *