ގުރައިދޫ ކައިރިއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި

މިއަދު ހެނދުނުގެ ވަގުތެއްގައި ކ. ގުރައިދޫ ކައިރިއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނުގެ 10:00 ހާއިރުއެވެ. ގެއްލިގެން ހޯދަމުންދަނީ ކ. ގުރައިދޫ، އޯޝަންވިލާ އަޙްމަދު ޙަސަން(49އ) ކަމަށެވެ.

މީހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި މިމީހާ ގެއްލިފައިވަނީ ގުރައިދޫ ކައިރީ އޮންނަ މާއްދޫ ކަނޑުއޮޅިއަށްއިތުރު ބަޔަކާއެކު ފީނަން ގޮސް އުޅެނިކޮށް ކަމަށާއި މިމީހާ ހޯދުމުގެ މަސައްކަތުގައި ގުރައިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ތަފްސީލް އަންނަނީ

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *