އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރަން ޝަވީދު ނިންމަވައިފި

އަންނަ މަހު އޮންނަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރުމަތިލާން މިހާރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން ކަމުގައިހުރި މުހައްމަދު ޝަވީދު ނިންމައިފި އެވެ.

ޝަވީދު ވިދާޅުވީ މި މަގާމަށް ކުރިމަތިލާން ނިންމީ ގިނަ އަދަދެއްގެ ކުލަބުތަކުގެ ސަޕޯޓާއި އެއްބާރުލުމާއި އެކީގަކަމަށެވެ. މި އާއިއެކު ޝައުހީދުވަނީ އެ ކުލަބުތަކަށް ޝުކުރު އަދާކޮށްފައެވެ.

2007 ވަނަ އަހަރު އުފެދުނު ދިވެހި ފުޓުބޯޅައިގެ ގަދަ ބާރަކަށް ވެގެންދިޔަ ކްލަބް ވީބީ އާއިއެކު ފުޓުބޯޅައިގެ ތެރެއަށް ނިކުތް ޝަވީދު ވަނީ އެކުލަބް ވުޖޫދަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *