ރޯޖަރ ފެޑެރާބަލިކޮށް ނޮވަކް ޖޮކޮވިޗް ޔޫއެސް އޯޕަންގެ ތަށި އުފުލާލައިފިއެވެ.
ދުނިޔޭގެ ޓެނިސް ރޭންކިންގެ 1 ވަނައިގާ މިހާރުހުރި ސާބިޔާގެ ޖޮކޮވިޗް މެޗުން މޮޅުވެފައިވަނީ ފޯރި ގަދަ 4 ސެޓުންނެވެ. ސެޓުތަށް ގެންގޮސްފައިވަނީ 6-4 5-7 6-4 6-4 އިންނެވެ. ނިއުޔޯކުގެ ފްލަޝިން މެޑޯވްސްގައި ކުޅުނު ފައިނަލުން މޮޅުވުމާއިކު ޖޮކޮވިޗް މި އަހަރު ނިންމާލާނީ ކުޅުނު ބޮޑު 4 މުބާރާތުން 3 ތަށި ކާމިޔާބުކޮށްގެނެވެ.
ސްވިޒަރލޭންޑްގެ ރޯޖަރ ފެޑެރާވަނީ މިހާތަނަށް 17 މޭޖަރ ޓައިޓްލްސް އުފުލާލާފައެވެ. ނަމަވެސް އުމުރުން 34 އަހަރުގެ ފެޑެރާ ވޭތުވެދިޔަ 3 އަހަރު ނިންމާލީ ބޮޑު މުބާރާތެއް ކާމިޔާބު ނުކުރެވިއެވެ.
މެޗަށްފަހު ޖޮކޮވިޗް ބުނެފައިވަނީ 2011 އަށްފަހު އަނެއްކާވެސް ބޮޑު 3 މުބާރާތް ކާމިޔާބު ކުރެވުމުން އުފާވާކަށެވެ. ފެޑެރާ ބުނެފައިވަނީ ޖޮކޮވިޗަކީ އަބަދުވެސް ބަލިކުރަން އުނދަގޫ އޮޕޯނަންޓެއް ކަމަށެވެ. ނަމަވެސް ސަޕޯޓަރުންދިން ހިއްވަރަކީ ތަފާތު އިހުސާސެއް ކަމުގައެވެ.
މެޗުގައި ޖޮކޮވިޗްވަނީ 23 ބްރޭކް ޕޮއިންޓުން 19 ބްރޭކް ޕޮއިންޓް ޑިފެންޑް ކޮށްފައެވެ.