ފޮޓޯ: މެޕްސް ކޮލެޖް--
ފޮޓޯ: މެޕްސް ކޮލެޖް--

ޓިއުޝަން ފީ ހިލޭ ދޭ 10 ކޯހަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ޓިއުޝަން ފީ ހިލޭ ދޭ 10 ކޯހަކަށް އެދުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.

 އެޑިޕާޓްމަންޓުން ކޮށްފައިވާ ގެޒެޓްގައި ބުނެފައިވަނީ ޓިއުޝަން ފީ ދޭން ނިންމާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ ކޯސްތަކަކަށް ކަމަށެވެ.

 އެގޮތުން ޓިއިޝަން ފީ ހިލޭ ދޭ ކޯސްތަކުގެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކޮމްޕިއުޓާ ސައިންސްއާއި އިލެކްޓްރިކަލް އިންޖިނިއަރިންގްއާއި މީޓިއޮރޮލޮޖީއާއި މެނޭޖްމަންޓް ސައިންސް އާއިޑިވެލޮޕްމަންޓް ސްޓަޑީޒްއާއި ހިސާބާއި ފިޒިކްސް އަދި ކެމިސްޓްރީގެ ދާއިރާއިން މާސްޓާޒް ފެންވަރުގެ ކޯސްތަކަށް ކަމަށް އެ ޑިޕާޓްމެންޓުން ބުނެއެވެ.

 އެ ޑިޕާޓްމެންޓުން ބުނީ އެ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ވަންޓައިމް ފީ ގެ ގޮތުގައި އެޑްމިޝަން އަދި ގްރެޖުއޭޝަން ފީގެ 60 އިންސައްތަ އާއި 80 އިންސައްތަ ދޭ ގޮތަށް ހަމަޖެހިފައިވާކަމަށެވެ މީގެ އިތުރުން ބޯޑިންގް ލޮޖިން އަދި ދަތުރުފަތުރާއި ކެއުމަށް ވާ ފީގެ 50 އިންސައްތަ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުނެއެވެ.

 ކޯސްތަކަށް ހުށަހަޅާ ފަރާތްތަކުން ދެކޮޅު ޓިކެޓް ނަގަންޖެހޭނީ އަމިއްލައަށް ކަމަށާއި އިތުރު ހަރަދެއް ކުރަންޖެހޭ ނަމަ އެ ހަރަދެއް ކުރަންޖެހޭނީ ކެންޑިޑޭޓުންގެ އަމިއްލަ ހަރަދުގައި ކަމަށާއި ނަމަވެސް އަމިއްލަ ގޮތުން ދައްކަންޖެހޭ ފީތައް ދެއްކުމަށްޓަކައި ހަރަދުވާ ފައިސާ ހޯދުމަށް އެދޭ ފަރާތްތަކަށް، ލޯނެއްގެ ގޮތުގައި އެފައިސާ ހަމަޖައްސައިދެވޭނެ ކަމަށްވެސް ހަޔާ އެޑިޔުކޭޝަނުން ބުނެއެވެ.

 ޝަރުތުތަކުގެ ތެރޭގައި ގުޅޭ ދާއިރާއަކުން ބެޗްލަސް ޑިގްރީއެއް ހާސިލްކޮށް ސީޖީޕީއޭ 2.5/4.0 ލިބިފައިވުމާއި ބެޗްލަސް ޑިގްރީ ފުރިހަމަކޮށް ރާއްޖެއަށް ހިދުމަތްކުރާތާ މިމަހުގެ 25 ގެ ނިޔަލަށް ދެ އަހަރު ފުރިހަމަވެފައިވުން ހިމެނެއެވެ. އަދި ޓީއޯއީއެފްއެލް އިން އޯވައޯލް ސްކޯ 70 އިންމަތި ލިބިފައިވުން ނުވަތަ އައިއީއެލްޓީއެސް އިން އޯވައޯލް ސްކީ މަދުވެގެން 5.0 ލިބިފައިވުމާއި  އަދި ޓީއޯއީއެފްއެލް އަދި އައިއީއެލްޓީއެސް ފުރިހަމަކުރިފަހުން ދެ އަހަރު ވެފައިނުވުންވެސް ސަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.

 އެ ޑިޕާޓްމެންޓުން އިތުރަށް ބުނެފައިވަނީ ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިއުލާންކުރެވިފައިވާ ކޯހާއި އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެ ކަމަށާއި އަދި އެ ދަރިވަރަކީ މާސްޓާޒް ފެންވަރުގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށެވެ.

 އަދި ސްކޮލަޝިޕްގެ ދަށުން މަތީ ތައުލީމް ހާސިލް ކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ހިދުމަތް ކުރުމަށް ބޮންޑްކުރެވޭނެ ކަމަށްވެސް އެ ޑިޕާޓްމެންޓުން ބުނެއެވެ.

 އެ ކޯސްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ކަމަށާއި އެ ސްކީމްގެ ދަށުން ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ކޯހަށް ކަމަށް އަދި ކޯހަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހުގެ 14:30 އާ ހަމަށް ހުޅުވާލާފައިވާކަމަށްވެސް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނުން ބުނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *