އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ

ހއ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު މާލެ ވަޑައިގެންފި

ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް، ރޭ މާލެ ވަޑައިގެންފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހއ ގެ ރަށްތަކަށް މިނިސްޓަރު ފެއްޓެވި ދަތުރުފުޅަކީ މިސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ހަތަރު ދުވަހުގެ މިދަތުރުފުޅުގައި މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ހއ. އަތޮޅުގެ 15 ރަށެއްގެ ސްކޫލަށް ޒިޔާރަތް ކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން — ފޮޓޯ: މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން — ފޮޓޯ: މިނިސްޓްރީ

ބުރާސްފަތި ދުވަހު ޒިޔާރަތް ކުރއްވީ ބާރަށު ސްކޫލަށާއި، ފިއްލަދޫގައި ހުންނަ މަދަރުސަތުއް ޞަބާހު އަށާއި، އެ އަތޮޅު ކެލާގައި ހުންނަ މަދަރުސަތުލް ޝޭހު އިބްރާހީމް އަށާއި، ވަށަފަރު މަދަރުސާއަށް އަދި ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާއަށެވެ. ހުކުރު ދުވަހު އުލިގަމު މަދަރުސާ އާއި، ތުރާކުނު މަދަރުސާ އާއި، މޮޅަދޫ ސްކޫލް އަދި އިހަވަންދޫ މަދަރުސާ އަށް ޒިޔާރަތް ކުރައްވާފައިވައިރު އިއްޔެ ޒިޔާރަތް ކުރެއްވީ އެ އަތޮޅު މާރަންދޫ ސްކޫލަށާއި، ތަކަންދޫގައި ހުންނަ މަދްރަސަތުލް ޝަހީދު އަލިތަކުރުފާނު ސްކޫލަށް އަދި ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒަށެވެ. މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ އުތީމުގައި ހުންނަ މުހައްމަދު ތަކުރުފާނު އަޢުޒަން އަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި މި ސްކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓާއި ޓީޗަރުންނާއި ސްކޫލް ބޯޑާއި ޕީޓީއޭ ހިންގާ ކޮމިޓީ އާ ބައްދަލުކުރެއްވުމުގެ އިތުރުން މި ރަށްރަށުގެ ރަށުކައުންސިލްގެ ބައެއް މެންބަރުންނާ ވެސް މިނިސްޓަރު ބައްދަލު ކުރެއްވި ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ. އަދި މި ބައްދަލުކުރެއްވުންތަކުގައި މި ސަރުކާރުން ގެންގުޅުއްވާ ތައުލީމީ ސިޔާސަތުގެ މައުލޫމާތު އެފަރާތްތަކާ ހިއްސާކުރެއްވުމުގެ އިތުރުން ސަރުކާރުގެ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު އެ ފަރާތްތަކާ މިނިސްޓަރު ހިއްސާކުރެއްވި ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން — ފޮޓޯ: މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން — ފޮޓޯ: މިނިސްޓްރީ

ހަމަ އެއާއި އެކު، ސުކޫލުތަކުގެ ކިޔެވުން އިތުރަށް ރަގަޅުކުރުމަށް ކުރެވޭނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކޮށް ވާހަކަދެއްކެވި ކަމަށާއި އަދި ސުކޫލުތަކަށް ދިމާވެފައިވާ ދަތިތަކާބެހޭ ގޮތުން ވާހަކަދެކެވި އެކަންތައްތައް ރަނގަޅު ކުރެވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން — ފޮޓޯ: މިނިސްޓްރީ

ރާއްޖޭގެ ސްކޫލުތަކުގެ ހާލަތު ބައްލަވާލެއްވުމަށާއި، މިސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި މިހާތަނަށް އެގާރަ އަތޮޅެއްގެ ސުކޫލަކަށް ޒިޔާރަތްކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި އައްޑޫސިޓީގެ ސުކޫލުތަކާއި، ލ. އަތޮޅު ސުކޫލުތަކާއި، ނ. އަތޮޅުގެ ސުކޫލުތަކާއި، ވ. އަތޮޅުގެ ސްކޫލްތަކާއި، މ. އަތޮޅުގެ ސުކޫލުތައް، އދ. އަތޮޅުގެ ސްކޫލްތައް އަދި ކ. އަތޮޅުގެ ސްކޫލްތަކާއި ހދ. އަތޮޅުގެ ސްކޫލްތަކާއި، ފ. އަދި ދ. އަތޮޅުގެ ސްކޫލްތަކުގެ އިތުރުން ހއ. އަތޮޅު ގެ ސްކޫލްތައް ހިމެނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *