މީ ނިމިދިޔަ ހަފްތާގެ ތެރޭގައި އަވަށްޓެރި އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއް ކަމަށްވާ ބަދައުންގައި ހިނގި ހާދިސާއެކެވެ.
އުމުރުން 37 އަހަރުގެ ބަލަކް ރާމް، ޒުވާން އަންހެން ކުއްޖަކާ ކައިވެނި ކުރަން ބޭނުންވާތީ ކައިވެނި ކުރާނެ ކުއްޖަކު ހޯދައިދިނުމަށް އެދުނީ އެ ސަރައްހަދުގައި ނަށާ ގްރޫޕެއް ގެންގުޅޭ ހުކުމް ސިންގް ކިޔާ މީހަކާއެވެ. ހުކުމް ސިންގަށް ބަލަކްރާމް އެކަމުގެ އެޑްވާންސަށް 50 ހާސް ރުޕީސްވެސް ދިންކަމަށް ވެއެވެ.
ބަލަކްރާމަށް އުފާވެރިކަން ލިބުނީ ދުވަސްތަކެއް ފަހުން ހުކުމް ސިންގް ފޯނުން ގުޅާފައި 29 އަހަރުގެ ޅަޒުވާން އަންހެން ކުއްޖަކު ބަލަކް ރާމްއާ އިންނަން ތައްޔާރަށް ހުރިކަމަށް ބުނުމުންނެވެ. އިންޑިއާގެ ލޯކަލް ނޫސްތަކުގައި ބުނާގޮތުން އެ ހަބަރު ލިބުމުން ބަލަކްރާމްއާއި ބަލަކްރާމްގެ އާއިލާ އެ އަންހެން ކުއްޖާއާ ބައްދަލު ކުރަން އެ އަންހެންކުއްޖާ ދިރިއުޅޭ ”މަތުރާ“ އަވަށަށް ދިޔައެވެ.
”ރާޖް ކުމާރީ ފުރަތަމަ ފެނުމުންވެސް އަހަންނަށް ލޯބި ވެވުނު، އެއީ ޖާދޫއެއް ފަދަ ލޮލެއްގެ ވެރިއެއް“ ބަލަކް ރާމް ބުނެފައިވެއެވެ.
ކޮންމެއަކަށް ބަލަކްރާމަށް ލިބުނު އުފަލާއެކު އޭނާ އަވަސްވެގަތީ ކައިވެނީގެ ކަންކަން ނިންމުމަށްފަހު ހަނީމޫނަށް ދިއުމަށެވެ. އެގޮތުން ދެމީހުން ދިމާވިތާ 48 ގަޑިއިރު ތެރޭގައި ކައިވެނީގެ ކަންކަން ނިންމާލިއެވެ. އަދި ހަނީމޫނަށް ދިޔަ ކަމަށް ވަނީ ގޯއާ އަށެވެ.
ބަލަކް ރާމް ބުނީ ކައިވެނީގެ ގޮތުން ގުޅުނީ 15 އަހަރުގެ ފިރިހެން ކުއްޖަކާ ކަން އެނގުނީ ހަނީމޫނަށް ދިޔަ ފަހުން ކަމަށާއި އެކަމާ ދެރަވެ ހިތާމަ ކުރާ ކަމަށެވެ. ނަމަވެސް 15 އަހަރުގެ ކުޑަކުއްޖާ މިކަމުގައި ކުށްވެރިކުރަން ބޭނުން ނުވާކަމަށްވެސް ބަލަކް ރާމް ބުނެއެވެ.
7 Responses
މީގެން ދޭހަވާނީ އެހެން އަދި މީހަކު ފެނުނަސް ދަސްނުކޮށް ކައިވެނި ނުކުރަން. ފެނުނުތާ 48 ގަޑިއިރުގެ ތެރޭގައި ކައިވެނީގެ ހުރިހާ ކަމެއް ނިއްމާލިއިރު އެއީ ކާކުކަންވެސް ރަނގަޅަށް ނޭންގޭ…. މީހަކާއިދެ ކަންތައް ކުރަން ބޭނުންވިޔަސް މީދެން ބޮޑުވަރެއްދޯ….. ދެން މިކައިވެންޏަށް ވާނެ ގޮތަކާމެދުވެސް ސުވާލު އުފެދޭ…. ބޯހަލާކު….
ބަލަކްރާމް ގެ ދިރިިިއުޅުން ބަރުބާދު ވެެެއްްްޖ!. ހައްހާ!!!
ހަބަރު ފުރިހަމަ ނުވެ އެއްނު.. އިނގެން ބޭނުންވާނެ ދޯ އެ ކުޑަ ފިރިހެން ކުއްޖާ ކީއްވެ ކަން މި ކައިވެނި ކުރީ..؟
އާނ ދޯ؟ މި ހީވަނީ ސިލްސިލާ ވާހަކައެއްގެ ފުރަތަމަ ބައި ހެން..
އެހެންނޭ ވާނީ އިންޑިޔާ ތަންތާ ގަމާރު ކަންތައް ކުރަންޔާ. އޭނާގެ މޫނު ބަލާލި ނަމަ އެންމެ ކުޑަ މިނުން ވެސް.
ދެން ކާކުބާ މީގަ މި ކުށްވެރި ވަނީ…..ބަލަކްރާމް ތަ؟ ނޫނީ ހުކުމް ސިންގ ތަ؟ ޙަބަރެއް ލިޔަންޏާ އޭގަ މީހަކު ސުވާލެއް އުފަށްދާނޭ ޖާގައެއް އޯވެގެން ނުވަާނެ ތޯޗެ…… އިތުރު މައުލޫމާތު ހޯދާފަ އަލުން މި ހަބަރު ލިޔެލަން ފެނޭ….
Dhen dhuhvaalaa voshi ????