ސައުދީ އަށް ހިލޭ ގުޅޭގޮތަށް ދިރާގުން ހަމަޖައްސައިފި

ސައުދީއަށް ހިލޭ ގުޅޭގޮތް ދިރާގުން ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ މި ހިތާމަވެރި ދަނޑިވަޅުގައި ދިރާގުގެ ކަސްޓަމަރުންނަށް މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް ހިލޭ ސައުދީ އަށް ގުޅޭނެ ކަމަށެވެ.

މައްކާގެ ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ހިތާމަވެރި ހާދިސާއެއް ހިނގާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެ ހާދިސާގައި 107 މީހުން ނިޔާވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު އުޅެނީ 200 އަށްވުރެ މަތީގަ އެވެ.

މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހައްޖު ކޯޕަރޭޝަނާއި ރާއްޖެއިން މީހުން ހައްޖަށް ގެންދިޔަ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގެއް ފަށާފައިވާއިރު ބައިނަލްއަގްވާމީ ބައެއް މީޑީއާތަކުން ބުނާގޮތުން އެ ހާދިސާ ހިނގަން މެދުވެރިވީ އިއްޔެ މައްކާއަށް ކުރި ވިއްސާރައިގާ ހޮނު އެޅުމުގެ ސަބަބުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *