ސްޕެނިޝްލަލީގާ: ލަލީގާގެ ތާރީޚުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް މެސީ

ސްޕެނިޝްލަލީގާގެ ތާރީޚްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ބަރސާގެ ތަރި ލަޔަނަލް މެސީ ވެއްޖެއެވެ.

ކުރިން މި ރެކޯރޑު އޮންނަ ޓެލްމޯ ޒައްރާގެ ރެކޯރޑު މެސީ މުގުރާލާފައިވަނީ ރޭ ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި ހެދި ހެޓްރިކާއެކުއެވެ. ބަރސާއިން އަމިއްލަ ދަނޑުގައި ސެވިއްޔާ ބަލިކޮށްފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ. މެސީގެ އިތުރުން މެޗުގައި ގޯލް ޖަހާފައިވަނީ އީވާން ރަކެޓިޗް އަދި ނޭމަރއެވެ.

އުމުރުން 27 އަހަރުގެ ލިޔޯ މެސީވަނީ ބަރސާއަށް ކުޅެދިން 250 މެޗުން 253 ގޯލް ކާމިޔާބުކޮށްދީފައެވެ. ކުރިން ރެކޯރޑު އޮންނަ ޒައްރާ، އެތްލެޓިކޯ ބިލްބާއޯއަށް ކުޅެދީފައިވަނީ 15 އަހަރު ދުވަހުގައެވެ. އޭނާ 1940 އިން ފެށިގެން އެޓީމަށް ކުޅެދިންއިރު ، ކާމިޔާބުކޮށްދީފައިވަނީ 251 ގޯލައެވެ. މެސީ ޒައްރާގެ ރެކޯރޑު މުގުރާލަން ހޭދަކޮށްފައިވަނީ 10 އަހަރުގެ މުއްދަތެކެވެ.

ރެކޯރޑާއި ގުޅިގެން ބަރސާގެ ކޯޗު ލުއިޒް އެންރިކޭ ބުނެފައިވަނީ އޭނާގެ ފުޓުބޯޅަ ހަޔާތުގައި ފެނުނު އެންމެ މޮޅު ކުޅުންތެރިޔަކީ އަބަދުވެސް މެސީ ކަމަށެވެ.

ފުޓުބޯޅައިގެ ގިނަ ރެކޯރޑުތަކެއް މުގުރަމުން އަންނަ ލިއޯ މެސީ ލަލީގާގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯރޑު މުގުރާލުމާއި ގުޅިގެން ގިނަބަޔަކު ވަނީ ސޯޝަލް ނެޓްވޯރކްތަކުގައި މެސީއަށް މަރުހަބާކިޔާފައެވެ. ބަރސާގެ ކުޅުންތެރިންގެ އިތުރުން އެތަކެއް ސަޕޯރޓަރުންނެއްވަނީ މެސީއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *