ބެކަމްގެ ދަރި ރާއްޖެކުރި ދަތުރުގައި ލޯބިވެރިޔަކު ހޯދައިފި، ނަމަކީ ސޯނިޔާ !؟

މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ފަތިއަޑު ކިޔާފައި ފެތުރެމުންދަނީ މި ވާހަކަ އެވެ. މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ދަރި ބްރޫކްލީން ބެކަމް އާ ލޯބިވެރިއަކު ހޯދި ވާހަކަ އެވެ. އެ އަންހެން ކުއްޖާގެ ރީތި ވާހަކަ އެވެ.

މި ހަބަރު ވެގެން މިދަނީ ދިވެހިންނަށްވެސް ހާއްސަ ހަބަރަކަށެވެ. މުނިފޫހިފިލުވުމުގަ ހަބަރުތައް ގެނެސްދޭ ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކުން ބުނެފައިވާގޮތުން ބްރޫކްލީން، އާ ލޯބިވެރިއަކު ހޯދީ ރާއްޖެއަށް ކުރި  ދަތުރެއްގައި ރާއްޖޭގެ ރިސޯޓަކުން ކަމަށެވެ.

ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ފަދައިން އެއީ ދޮން ރީތި ކުއްޖެކެވެ. ބްރޫކްލީން އާ ވަރަށް ގުޅޭވެސް މެ އެވެ. ނަމަކީ ސޯނިޔާ އެވެ. ނަމަވެސް ރާއްޖޭގެ ކަނބަލެއް ނޫނެވެ.

ބްރޫކްލީން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އުމުރުން 16 އަހަރުގެ ފްރާންސް ގެ ކުއްޖެއްކަމުގައިވާ ސޯނިޔާ ބެން އައްމަރ އެވެ. ބްރޫކްލިން ސޯނިޔާއަށް ލޯބިން ކިޔަނީ ބްރޯނިޔާއެވެ. ސޯނިޔާއަކީ ހަގު އުމުރެއްގެ ކުއްޖެއްކަމުގައި ވިނަމަވެސް ގިނަ ފިލްމްތަކެއް ކުޅެ އެކި ފިލްމްތަކަށް އަޑު އަޅައިދީގެން ގިނަ ކާމިޔާބީތަކެއް ސޯނިޔާ ވަނީ ހޯދާފައެވެ. ރިޕޯޓުތައް ބުނާގޮތުގައި ޒުވާން މިދެ ލޯބިވެރިން ވަނީ ޔޫރޮޕްގެ ގިނަ ތަންތަނަކަށް އެކީގައި ޒިޔާރަތްކޮށް ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ. އަދި 2014 ގެ ޓީން ޗޮއިސް އެވާޑްސް ބްރޫކްލީން ދިޔައީވެސް ސޯނިޔާއާއެކުގައެވެ.

ބްރޫކްލީން މިގުޅުމާއި ބެހޭގޮތުން އެއްވެސް އެއްޗެކޭއަދި ނުބުނެއެވެ. އެހެން ނަމަވެސް ސޯސަލް މީޑިޔާގައި ބްރޫކްލިން ވަނީ ”ބްރޯނިޔާ“ އާއެކު ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *