ބީއެމްއެލްގެ އިންޝުއަރަންސް ހިދުމަތް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ އިންޝުއަރަންސް ހިދުމަތް އެ ބޭންކުން ތައާރަފް ކޮށްފި އެވެ.

އިއްޔެ ތައާރަފް ކުރި އިންޝުއަރަންސް އާ ބެހޭގޮތުން ބީއެމްއެލް އިންޝުއަރަންސް ތަޢާރަފްކުރެވިގެން ދިޔުމުން އެބޭންކުގެ 27 ބްރާންޗު މެދުވެރިކޮށް ވަރަށް ފުޅާ ދާއިރާއެއްގައި އިންޝުއަރަންސްގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އެގޮތުން ބީއެމްއެލް އިންޝުއަރެންސް ޚިދުމަތުގެ ދަށުން ފޯރުކޮށްދޭ އިންޝުއަރެންސް ޕޮލިސީތަކަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އިން ޒިންމާ ނަގާ ގޮތަށް އެކުންފުނިން ފޯރުކޮށްދޭ ޕޮލިސީތަކެއް ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

 ”ބީއެމްއެލް އިންޝުއަރަންސް ތަޢާރަފްކުރުމުން ފާހަގަވަނީ ބޭންކުން ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތުގެ އިތުރުން މާލީ އެހެނިހެން ޚިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ މިންވަރު،ބީއެމްއެލް އިންޝުއަރަންސްގައި އެކި ބޭނުމަށް ފަރުމާކުރެވިފައިވާ ހަ އިންޝުއަރަންސް ޕްލޭން ހިމެނޭ“ ބީއެމްއެލް އިން ބުނެ އެވެ.

މީގެ ތެރޭގައި ހޯމް ތަކާފުލް، މޮޓޯ އިންޝުއަރަންސް، މޯގޭޖް ޕްރޮޓެކްޝަން ޕްލޭން، އިންޑިވިޖުއަލް ޓަރމް އިންޝުއަރަންސް، ފަޔަރ އަދި މެރައިން ހަލް އިންޝުއަރަންސް ހިމެނޭއިރު މިއިން ކޮންމެ އިންޝުއަރަންސް ޕްލޭނެއް ވެސް އެ ކަސްޓަމަރެއްގެ ބޭނުންތަކާ އެއްގޮތަށް ބަދަލުކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

މި ހިތުމަތާއިމެދު ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އިންޝުއަރަންސް ތަޢާރަފްކުރެވިގެން ދިޔުމާއެކު ކަސްޓަމަރުން އިންޝުއަރަންސް ހޯދުމަށް އެހެން ތަނަކަށް ދާކަށްނުޖެހޭނެ ކަމަށެވެ. އަދި ބީއެމްއެލްގެ ކޮންމެ ބްރާންޗަކުން ވެސް މި ޚިދުމަތް ލިބެން ހުންނާނެ ކަމަށާއި ބޭންކިންގ ހިދުމަތްތަކާއެކު އިންޝުއަރަންސް ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބިގެން ދިޔުމަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ކަމަށެވެ. އަދި އަތޮޅުތެރޭގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި ހިދުމަތް އަލަށް ލިބިގެންދިއުމަކީ ހާއްސަކޮށް ފާހަގަ ކޮށްލެވޭކަމެއް ކަމަށްވެސް ހީލީ ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *