ޕީއެސްއެމް ކޮރަޕްޝަންގެ މައްސަލައިގައި ތިން ވަނަ ފަހަރަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި

އިމާރާތްކޮށް ނުނިމި ހުރި އިމާރާތެއް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ކުއްޔަށް ހިފައި ގިނަ ގިނަ މަސްތަކެއް ވަންދެން އެ އިމާރާތަށް ކުލި ދެއްކި މައްސަލަ ތިން ވަނަ ފަހަރަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ޕީއެސްއެމުން އިން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އަށް އިމާރާތެއް ހޯދުމަށް އެ ކުންފުނިން ވަނީ އިއުލާންކޮށްފަ އެވެ. އެ ބިޑު ކާމިޔާބު ކޮށްފައިވަނީ ހ. ޖޯޖެޑް ވިލާ، ދިގު މުއްދަތަކަށް ހަދައިގެން އުޅުނު މީހެކެވެ. އޭނާ އެތަން ކުއްޔަން ދޫކުރަން ނިންމީ މަހަކު 37،000 ރުފިޔާ ދައްކަން ޖެހޭ ގޮތަށެވެ. ޕީއެސްއެމްއިން ނުނިމި ހުރި އެ އިމާރާތް ކުއްޔަށް ނަގައި ދިޔައީ ބަރާބަރަށް ކުއްލި ދައްކަމުންނެވެ.

ކުއްޔަށް ހިފި އިމާރާތް ނުނިމި ހުރި ކަމުގައި ވިޔަސް ޕީއެސްއެމްގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ކުރީގެ ޑިރެކްޓަރު، މުހައްމަދު ހާޝިމް ވަނީ އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމިއްޖެ ކަމަށް ބުނެ ސޮއިކޮށް މެމޯ ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެން މިއަދު އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނީ، މަސައްކަތް ނުނިމި ހުރި އިމާރާރަކަށް ޕީއެސްއެމުން ވަނީ 2015 އަހަރުގެ ޑިސެމްބަރު މަހާއި ޖެހިގެން އައި ޖެނުއަރީ މަހު، ކުލީގެ ގޮތުގައި 111،000ރ. ދައްކާފަ އެވެ. އަދި 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން، ޖޫން މަހުގެ ނިޔަލަށް 74،000ރ. ދައްކާފައިވާ ކަމަށެވެ. އަދި ޕީއެސްއެމްއިން އެތަން ކުއްޔަށް ހިފީ އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އެތަނުގެ މަސައްކަތް ނިމިފައި ނުވާކަމަށް އޭސީސީއިން ވަނީ ބުންޏެވެ.

އެހެންވެ، އެ މައްސަލައިގައި، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ތިމާއަށް ނުވަތަ ހައްގު ނޫން އެހެން ބަޔަކަށް ފައިދާއެއް ހޯދުމުގެ މަގްސަދުގައި އެކަން ކުރި ކަމުގެ ދައުވާ، ހާޝިމްގެ މައްޗަށް އޭސީސީން ކުރެ އެވެ. އޭސީސީއިން ހާޝިމުއާ ގުޅޭ ކޮރަޕްޝަންގެ އެ މައްސަލަ ފުރަތަމަ ބެލީ 2017 ވަނަ އަހަރު އެވެ. އޭރު ޕީޖީން މައްސަލަ އަނބުރާ ފޮނުވާލީ ތަހުގީގު ފުރިހަމަ ކުރުމަށް ކަމަށް ބުނެ އެވެ. ތަހުގީގު ފުރިހަމަ ކުރަން ކަމަށް ބުނެ ޕީޖީއިން ވަނީ ހާޝިމްއާ ގުޅޭ ކޮރަޕްޝަންގެ ރިޕޯޓު ދެ ފަހަރެއްގެ މަތިން އޭސީސީއަށް އަނބުރާ ފޮނުވާލައިފަ އެވެ.

ޕީއެސްއެމުގެ މެނޭޖްމެންޓު ބަދަލުވުމާއެކު އޭސީސީއިން އަނެއްކާ ވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރި އެވެ.

މީގެ ކުރިން ޕީއެސްއެމްއިން ބުނެފައިވަނީ އެ އިމާރާތެއް ކުއްޔަށް ހިފައި ކޮންމެ މަހަކު 37،000 ރުފިޔާގެ ކުއްޔެއް ދައްކަމުން ދިޔައީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމްގެ ނުފޫޒުންނެވެ. ނަމަވެސް އިކުރާމު ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.