ޕާޓީގެ ރައީސް ކަމަށް ރައީސް ޔާމީން ގެނައުމަށް ގޮވާލާ ނެނުނު ބަޔާނަކީ ސައްހަ ބަޔާނެއް ނޫން: ޕީޕީއެމް

ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ގެނައުމަށް ގޮވާލާ ނެރުނު ބަޔާނަކީ ބާތިލު ބަޔާނެއް ކަން ސިފަވާ ފަދަ ގޮތަކަށް ޕީޕީއެމް އިން ބަޔާނެއް ނެެރެފި އެވެ.

އެ ބަޔާނާ ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީގެ މަތި އަނގޮޅި ގޮފީގެ ނަމުގައި، ޕާޓީގެ މެމްބަރު އަހުމަދު ޝަމްއޫން، ފަރުދީ ގޮތުން ނެރުއްވާފައިވާ ބަޔާނަކީ، ޕާޓީގެ އެއްބައިވަންތަކަމާއި، ހަމަޖެހުމަށް އޭގެ ސަބަބުން އަސަރުކުރުވާ ފަދަ ބަޔާނެއް ކަމަށް ޕާޓީން ދެކޭ ކަމަށެވެ. އަދި ގޮފީގެ ނަމުގައި ބަޔާނެއް ނެރޭނަމަ އެ ގޮތްޕެއް ހިންގާ ކޮމިޓީގެ މަޝްވަރާއާއެކު، އެ ގޮތްޕެއްގެ ތާއީދު ލިބިގެން މެނުވީ ގޮފީގެ ފަރާތުން އެއްވެސް ފަރާތަކަށް އެއްވެސް އެއްޗެއް ބުނުމުގެ ބާރެއް ޕާޓީގެ ގަވާއިދު ތަން ނުދޭ ކަމަށްވެސް ޕީޕީއެމް ގެ ބަޔާނުގައި ވެ އެވެ.

މިކަމާ ބެހޭގޮތުން ޕީޕީއެމްގެ ބަހެއް ހޯދާލުމަށް އެ ޕާޓީގެ އިސް އޮފިޝަލަކަށް ގުޅާލުމުން އެ އޮފިޝަލް ވިދާޅުވީ ރިޔާސީ އިންތިހާބު ދުވަސްވަރު އިދިކޮޅު ޕާޓީ ޖޭޕީގެ ޕޯޑިއަމްތަކުގައި ރައީސް ޔާމީނަށް ”ހެއްދެވި ނުހެއްދެވިއަށް“ ގޮވި މީހަކު ސޮއިކޮށް ބަޔާނެއް ނެރުނީމާ އަންނަނީ ހިނި ކަމަށެވެ.

”އެ ނުވާނު ސައްހަ ބަޔާނަކަށް، އެ ގޮތްޕަކީވެސް ސައްހަ ގޮތްޕެއް ނޫން، ޝައްމޫން ކުރިން ޕީޕީއެމްގަ އުޅުނުއިރު އުފެއްދި ގޮޕްޕެއް އެއީ، ފަހުން ކެނޑިގެން ޖޭޕީއަށް ދިޔައީ އަސާސީ ގަވާއިދުގައި ވާގޮތުން އެހެން އެކަންވީމަ ގޮފި އުވޭ، އަނެއްކާ ވަރަށް ފަހުން ރޮއެ އާދޭސްކޮށްގެން މި ޕާޓީއަށް ސޮއިކުރީ“ ދުވަހަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގޮފީގެ ނަން ބޭނުންކުރައްވައިގެން ޝަމްއޫން، އޭނާ އަމިއްލަ ގޮތުން ނެރުއްވާފައިވާ ބަޔާނުގެ މައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށްޓަކައި، ޕާޓީގެ ސުލޫކީ ކޮމިޓީއަށް އެ މައްސަލަ ފޮނުވުމަށް ޕާޓީން ނިންމާފައި ވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ރޮއިހޭރިގެން ޕީޕީއެމަށް އަލުންވަދެހުރިނަމަމެސް މިއަދު އޭނާއަކީ ސިޔާސީ މަޤާމެއްގައި ރައީސް ޔާމީނު ބަހައްޓަވައިފައިވާ މީހެއް. ވީމާ މިހާރު އޭނަ ނެރުނު ބަޔާން ދޮގުކުރުމުން ދޭހަވަނީ އެއީ ރައީސް މައުމޫނުގެ ނުފޫޒުން ޕީޕީއެމުން ދޮގުކުރީކަމަށް. ނިންމުން. ދެގެރި ހަމަރަގަޅަށް ތަޅަން ފެށީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *