ހޮނިހިރު ދުވަހު މެންދުރުފަހު ތިނަކުން ހަޔަކަށް ދުއްވުން މަނާ

މިމަހުގެ 12 ވާ ހޮނިހިރު ދުވަހު މާލޭގައި ބައިސްކަލު ހަވީރެއް ބޭއްވުމަށް އެ ދުވަހުގެ މެންދުރުފަހު ތިނަކުން ހަވީރު ހަޔަކަށް ހުއްދަދެވޭ އުޅަނދުތައް ފިޔަވާ އެހެނިހެން އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ އެ އޮތޯރިޓީން ނެރުނު އިއުލާނެއްގަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ އެ ދުވަހު އެ ގަޑީގައި ދުއްވޭނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލާންސާއި ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީ އާއި ޕިކަޕާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތުގެ ތެރެއިން މިއޮތޯރިޓީން ހުއްދަދޭ އުޅަނދު ތަކަގެ އިތުރުން އެދުވަހު އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅނދުތަކަށް އެކަނި ކަމަށެވެ.

”މަތީގައިވާ ހަ ބާވަތުގެ ތެރެއިން ތިން ވަނަ ނަންބަރާއި ހަ ވަނަ ނަންބަރުގެ ދަށުން އެދުވަހުގެ އެގަޑީގައި ދުއްވުން ހުއްދަ އުޅަނދުފަހަރަށް ޚާއްޞަ ހުއްދައެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ދޫކުރެވޭނެ، މިހުއްދަ އެއުޅަނދުތަކުގައި ޢާންމުކޮށް ފެންނަން ހުންނާނޭހެން ހަރުކުރެވިފައި ހުންނަންވާނެ“ އެ އޮތޯރިޓީގެ އިއުލާނުގައި ވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މިއެންގުމާ ޚިލާފުވާ ފަރާތްތައް 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750ރ އިން ޖޫރިމަނާ ކުރެވޭނެކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *