މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖްގެ ޑިޒައިން ރޭ ދައްކާލައިފި އެވެ.
ބްރިޖުގެ ޑިޒައިން ދައްކާލާފައި ވަނީ ރޭ ރާޅުގަނޑު ސަރަހައްދުގައި އެ ކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބު ރައީސްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިން އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރި ވި އެވެ.
ބްރިޖްގެ ޑިޒައިން މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ތަޖުރިބާ ކާރުގެ ޓީމަކުން ރާއްޖޭގައި ހެދި ދިރާސާތަކަކަށްފަހު ކަމަށް ސަރުކާރުން ބުނެ އެވެ. ބްރިޖްގެ ސާވޭގެ މަސައްކަތާއި ޑިޒައިންގެ މަސައްކަތް ކުރީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ. ބްރިޖު އަޅަނީ ޗައިނާގެ ކަމާ ގުޅުންހުރި ޓީމަކުންނެވެ. ބްރިޖު އެޅުމަށް ހިނގާ ހަރަދުގެ ބޮޑު ބައެއް ވެސް ޗައިނާ ސަރުކާރުން ވަނީ ހިލޭ އެހީ އާއި ލޯން އެހީގެ ގޮތުގައި ހަމަޖައްސައިދީފަ އެވެ.
މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖަށް ”ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް“ މި ނަން ދީފައި ވާއިރު މިމަޝްރޫއަށް 300 މިލިއަން އެމެރިކާ ޑޮލަރު ހޭދަވާއިރު ޗައިނާ އިން ވަނީ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމާފަ އެވެ.
One Response
މާތް ﷲ ގެ ރަހުމަތްފުޅުން ތިކަން ކާމިޔާބުވާ ދުވަހަކީ ދިވެހިން އުފަލުން އުދުހޭނެ ދުވަހެއް. ޝުކުރިއްޔާ ރައީސް ޔާމީން