މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަދައްކަވަނީ – ވަގުތު އިމޭޖްސް : އަބްދުﷲ އަބީދު
މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަދައްކަވަނީ – ވަގުތު އިމޭޖްސް : އަބްދުﷲ އަބީދު

ރައީސް ޔާމީންގެ ވާހަކަފުޅު ތަކަށް އެމްޑީޕީގެ ހޫނު ރައްދެއް

2018 ގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންގެ ކެމްޕޭން ލީޑަރުން ތައްޔާރު ކުރުމަށް ކުރިއަށްގެންދިޔަ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ތަކަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ހޫނު ރައްދެއް ދީފި އެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދުދީ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނެވި ރައްޔިތުންގެ އެންމެ %25 ތާއީދު ލިބިވަޑައިގެންނެވި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދުމެއްނެތި ރައްޔިތުންނަށް ފުރައްސާރަކޮށް ރޭގައި ދެއްކެވި ވާހަކަފުޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން (އެމްޑީޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

”އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭގައި ދެއްކެވި ވާހަކަފުޅަކީ ރާއްޖޭގެ ރައްޔިތުންނަށް މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅެއްކަމަށް ނުބެލެވޭ އެއާއި ޙިލާފަށް އެވާހަކަފުޅު ދައްކަވާފައި އެވަނީ ރާއްޖޭގެ ޤާނޫން އަސާސީ އާއި ޑިމޮކްރަސީގެ ހަމަތަކާއި ދުނިޔެ ޤަބޫލުކުރާ އެންމެހާ ހަމަތަކުން ނެއްޓިފައިވާ، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ކުޑަ ޖަމާއަތެއްގެ ބަޔަކާއި މުޙާތަބުކޮށްކަމަށް ދެކެން“ އެ ބަޔާނުގައި ވެ އެވެ.

އެމަނިކުފާނު އެގޮތަށް ވާހަކަފުޅު ދައްކަވާފައިވާއިރު ،އެމަނިކުފާނުގެ މި ސަރުކާރަކީ ޤާނޫނީ ވެރިކަމެއްގެ ކުޑަވެސް މިންވަރެއްގެ ސިފައެއްނެތް ،އަނިޔާވެރިކަމާއި ނާއިންސާފާއި ކޮރަޕްޝާންގެ ލާމަސީލު ސަރުކާރެކެވެ. މިގޮތުން ކުރުމުއްދަތެއްގެ ތެރޭގައި އެމަނިކުފާނު ވަނީ، އެމަނިކުފާނުގެ ސަރުކާރުގައި ‘ މާފިއާ ‘ގެ ސިފަ ޖައްސައި މުޅި ޤައުމު ބިރުވެރިކަމާއި ނާއުއްމީދުގެ ތެރެއަށް ގަންބާލަފައިކަން ފާހަގަކުރާ ކަމަށާއި އެއާއި ޙިލާފަށް ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރު ވެގެންގޮސަފައިވަނީ މުޅި ރާއްޖެއަށް ޑިމޮކްރަސީގެ ރޮގުންނާއި ތަރައްގީގެ ރޮގުން އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ސަރުކާރެއްގެ ގޮތުގައި ކަމަށާއި އަދި ރައީސް ނަޝީދު ވަނީ އަބްދުﷲ ޔާމީން އާއި ނުބައްދަލު މިންވަރަކަށް ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދެވުމުގެ އިތުރުން ދުނިޔޭގެ މަޤުބޫލުކަން ހޯދައިފައިކަން ފާހަގަކުރާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

”ނަމަވެސް އަބްދުﷲ ޔާމީން ފާހަގަ ކުރެވެނީ ރާއްޖޭގެ ރައްޔިތުންނާއި ދުނިޔޭގެ ކުރިމަތީގައި މަޤުބޫލުކަން ކުޑަ އަދި ރާއްޖޭގެ ޑިމޮކްރަސީ އާއި ތަރައްޤީ ފަނާކުރައްވާ ބޭފުޅެއްގެ ގޮތުގަ، އަބްދުﷲ ޔާމިންގެ ސަރުކާރުގައި ރާއްޖޭގެ ޑިމޮކްރަސީ އާއި، އިންސާނީ ހައްގުތަކާއި، އަދުލު އިންސާފު އޮތްގޮތާއިމެދު އ.ދ އިން ފެށިގެން ކަންބޮޑުވުން ފާޅުނުކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާ، ޖަމާއަތެއް ނެތްކަން ފާހަގަކުރަމު، އަދި ސިޔާސީ ލީޑަރުންނާއި ސަރުކާރާއި އިނދިކޮޅު ހިޔާލުތަކުގެ މީހުންގެ މައްޗަށް ނުހައްޤުން ޝަރީއަތްތައްކޮށް ، އަދި ޝަރީއަތަކާއިނުލައިވެސް ޖަލުގައި ބޮޑެތި އަދަބުތައްދެމުންދާކަންވެސް ފާހަގަކުރަމު، މިގޮތުން ރައީސް ނަޝީދުގެ މައްޗަށް ނުހައްޤުން ކޮށްފައިވާ ދައުވާއާއި އިއްވައިފައިވާ ހުކުމަކީ ، މުޅި ދުނިޔެއިން އެކަން ކުށްވެރިކޮށް މުޅި ދުނިޔޭގެ މަލާމާތް ރައްދުވެފައިވާ އަމަލެއްކަން ފާހަގަކުރަމު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާންގެ މައްޗަށް ހުކުމެއް އިއްވުމަކައިވެސްނުލައި ޖަލުގައި އަދަބުދެމުންދާކަމީ ހަގީގަތެއް އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ފްރޭމްކޮށްގެން ޖަލުގައި ހައްޔަރުކޮށްފައި ވާކަންވެސް ފާހަގަކުރަމު“ އެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ތަކުގެތެރޭގައި ކޮރަޕްޝަނާއި ފަސާދަ ސިއްރުގައާއި ފާޅުގައި އަށަގަނެފައިވަނީ އިންތިހާ ދަރަޖައަކަށްކަން ކަންބޮޑުވުމާއިއެކު ފަހަގަކުރަމެވެ. އަދި ކޮރަޕްޝަން އާއި ފަސާދައިގެ މައްސަލަތައް ބެލުމުގެ އެންމެހައި ދޮރުތަށް ބަންދުކޮށްފައިވަކަން ފާހަގަ ކުރާ ކަމަށެވެ.  އަދި އަބްދުﷲ ޔާމީންގެ ސަރުކާރު އައިފަހުން ރާއްޖެގައި ރިކޯޑް އަދަދަކަށް މީހުން މެރުމާއި، ވަޅި ހެރުމާއި ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވުމާއި ބިރުދެއްކުން އިތުރުވެފއިވާކަން ފާހަގަކުރާ ކަމަށާއި އަދި އެފަދަ މައްސަލަތައް ސަރުކާރުން ގަސްތުގައި ނުބަލައި މުޖުރިމުންނަށް ވާގިވެރިވާ ސަރުކާރެއްގެ ގޮތުގައި ދެމިއޮންނަކަން ފާހަގަކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *