ލުބުނާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން --
ލުބުނާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން --

ލުބުނާނު މުޒާހަރާގެ ބައިވެރިން ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް ދާން ނިންމައިފި

ލުބުނާނުގެ ކުނީގެ މައްސަލައިގާ މިދިޔަ ހަފްތާގައި ފެށި މުޒާހަރާގެ ބައިވެރިން ނިމުމެއް ނެތް ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް ދާން ނިންމައިފި އެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަށައިގެން ޓެންޓް ޖެހުމަށްފަހު އެ ސަރަހައްދުގައި ގާއިމްވެތިބި މުޒާހަރާގެ ބައިވެރިންގެ ޑިމާންޑް ކުރަމުންދަނީ އެގައުމުގެ ތިމާވެއްޓާއިބެހޭ ވަޒީރު އިސްތިއުފާ ދެއްވުމަށެވެ. އިސްތިއުފާ ނުދެއްވާހާ ހިނދަކު މުޒާހަރާވެސް އަދި ބަނޑުހައިހޫނުކަމުގެ ހަޅުތާލުވެސް ނުނިމޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.

މުޒާހަރާގެ ބައިވެރިން ސިފަ ކުރާގޮތުން ތިމާވެށީގެ މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު މަކްނޫކް އަކީ އެގައުމުގެ މިހާރުގެ ސަރުކާރުގައި ނާގާބިލިއްޔަތުކަމާއި ކޮރަޕްޝަން އޮތް މިންވަރު ދައްކުވައިދޭ ”ސިމްބަލް“ އެއް ކަމަށެވެ. އަދި މަކްނޫންއާއެކު ސަރުކާރުވެސް އިސްތިއުފާ ދޭން ޖެހޭނެކަމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވަމުންނެވެ.

ނަމަވެސް އެގައުމުގެ ތިމާވެއްޓާބެހޭ ވަޒީރު ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.

އެގައުމުގެ އާންމު ރައްޔިތުން މިދިޔަ ހަފްތާގައި މަގުތަކަށް ނިކުތީ ކުނީގެ މައްސަލަ ހައްލު ކުރުމަށެވެ. އެހެން ނަމަވެސް މިހާރު މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ކުނީގެ މައްސަލައާއިއެކު ސަރުކާރުގެ ހުރި ނުރަނގަޅު ހުރިހާ ކަމެއް ރަނގަޅު ކުރަންދެން ނޫނީ ސަރުކާރު އެކުގައި އިސްތިއުފާ ނުދެނީސް މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *