އިންޑިއާގައި ފޯނުވިއްކާ ފިހާއަރަކުން ވައްކަންކޮށްގެން ވިއްކަމުންދިޔަ ފިހާރައެއްގެ ވެރިޔާ ހައްޔަރުކޮށްފި

އިންޑިއާގެ މުމްބާއީގައި ހުންނަ ފޯނުވިއްކާ ފިހާރައަކުން ވައްކަންކޮށްގެން ފޯނުވިއްކަމުންދިޔަ ފިހާރައެއްގެ ވެރިމީހާއާއި އެ ފިހާރައިގެ ސޭޓު ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުން މި ދެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް މި ދެމީހުން އެ ވައްކަން ކޮށްފައިވަނީ މީގެ ދެމަސް ކުރިންނެވެ.

ފުލުހުން ބުނެފައިވަނީ އެ ދެމީހުން ވައްކަންކުރާ ވީޑިއޯ ލިބިފައިވުމުން އެ ދެމީހުންނަށް ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައި ވާކަމަށެވެ. އަދި އެމީހުން ފޯނުތައް ވިއްކަމުންދިޔައީ ފޯނުތަކުގެ އައިއެމްއައިއީ ކޯޑުތައް ބަދަލުކޮށްގެން ކަމަށްވެސް ފުލުހުން ބުނެފައި ވެ އެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވާ ސޭޓު ބުނެފައިވަނީ އޭނާ އަނެއް ފިހާރައިން ވައްކަންކުރީ އޯނަރުގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެކަން ކުރީ ފިހާރައިގެ ވިޔަފާރި ދަށްވެ އަނެއް ފިހާރަ މާ ކުރިއަރައިގެން ދާތީ އެ ފިހާރައަށް ގެއްލުން ދިނުމުގެ ގޮތުން ކަމަށްވެސް ހައްޔަރުކޮށްފައވާ ސޭޓު ބުނެފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *