އިނގެރޭސި ޕްރިމިއަރލީގު: މި އަހަރުގެ ބާކީ ހުރިހާ މެޗަކުން ސިޓީ މޮޅުވާންޖެހޭ – ޕެލެގްރީނީ

އިނގެރޭސި ޕްރިމިއަރލީގުގައި 2014 ވަނަ އަހަރުގެ ނިއަލަށް ބާކީއޮތް ހުރިހާ މެޗަކުން ސިޓީ މޮޅުވާން ޖެހޭނެކަމަށް ސިޓީގެ ކޯޗު ޕެލެގްރީނީ ބުނެފިއެވެ.

ޕެލެގްރީނީ ބުނެފައިވަނި ޕްރިމިއަރލީގު ތަށި ގެންދިއުމަށްޓަކައި ޑިސެންބަރމަހުގެ ނިއަލަށް ހުރި ހުރިހާ މެޗަކުން ސިޓީ މޮޅުވާން ޖެހޭނެކަމަށެވެ. ޕެލެގްރީނީ ބުނެފައިވަނީ ކުރިއަށް 2014 ވަނަ އަހަރު އޮތް މެޗުތަކަކީ ލީގު ގެންދާނެޓީމަކަށް މުހިއްމު މެޗުތަކެއް ކަމަށެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީ  8 ޕޮއިންޓްގެ ލީޑްގައި އޮތްއިރު ސިޓީ އޮތީ ތާވަލުގެ 3 ވަނައިގައެވެ. މިއަހަރު ބާކީ އޮތް 7 މެޗުން 24 ޕޮއިންޓް ހޯދުމަކީ ސިޓީއަށް ތަށި ނެގުމަށްޓަކައި އޮތް ހަމައެކަނި ގޮތް ކަމަށްވެސް ޕެލިގްރީނީ ބުނެފައިވެއެވެ.

“ އަހަރެމެންނަށް އެއްވަނައަށް އެރުމަކީ އުނދަގޫކަމެއް، ޗެލްސީ އޮތީ ރަނގަޅު ފޯމެއްގަ“ ޕެލިގްރީނީ އިތުރަށް ބުންޏެވެ.

އިނގެރޭސި ޕްރިމިއަރލީގުގައި މިރޭ ސިޓީ ނިކުންނާނީ ސުވަންސީއާއި ދެކޮޅަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *