ޤަޟާ ޤަދަރަށް އީމާންވުން!

ލިބޭ މުސާރަ ކުޑަވުމުގެ ޝަކުވާއަކީ އަބަދުވެސް ކެނޑިނޭޅި އިވޭ ޝަކުވާއެކެވެ. ހިންގުމުގެ ދާއިރާގެ އިސް މަޤާމުތަކުގައި ތިބޭ މީހުން އެއަޑަކަށް ކަންފަތް ހޭނިފައިވާ އަޑެކެވެ.

ދަންނާށެވެ.! މުސާރަ ކުޑަވެގެން ތިބާ އެޝަކުވާ ކުރާ އިރު، ތިބާ އަށް މަސައްކަތް ކުރެވުނީ ކިހާ މިންވަރަކަށްތޯ ވިސްނާލީމުތޯއެވެ. މާތްﷲ ތިބާއަށް މިންވަރުކުރައްވާފައިވާ ރިޒްޤެއް އެހެންމީހަކަށް ނިގުޅައި ނުގަނެވޭނެކަމަށް ތިބާ ޤަބޫލުކުރަމުތޯއެވެ. މާތް ﷲ އިންސާނުންނަށް ގިނަގުނަވެގެންވާ ނިޢުމަތް ދެއްވާފައިވީ ހިނދު، އެނިޢުމަތްތަކާމެދު ވިސްނާ އެކަމަށްޓަކައި ޝުކުރުވެރިވަނީ ކޮން ހިތަކުންތޯއެވެ. މިއީ ހަމަ އުފެދިފައިވާ ސުވާލުތަކެކެވެ. ތިބާ އަމިއްލަ ނަފްސާ މިސުވާލުތަށް ކޮށްލުމަށް އަޅުގަނޑު ދޫކޮށްލާނަމެވެ.

އަޅުގަނޑުމެންނަކީ މާތްﷲ ސުބުޙަނަހު ވަތަޢާލާ އަށް ފުރިހަމައަށް އީމާންވާ ބަޔަކު ކަމުގައި ވެގެންދަނީ އީމާންކަމުގެ ރުކުންތަކަށް ފުރިހަމައަށް އީމާންވެގެން ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ޤަޟާޤަދަރަށް އީންމާންވުން ނުވަތަ ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުން ހިމެނިފައި ވީ ހިނދު، މި ރުކުން ފުރިހަމަ ކުރުމަށް އަޅުގަނޑުމެންނަށް ދެވޭ ސަމާލުކަން ވަރަށްވެސް ކުޑައެވެ.

މިކާއިނާތުގައި ހިނގާ ކޮންމެކަމަކީވެސް، އެކަމަކީ ހެޔޮކަމެއް ނުވަތަ ނުބައި ކަމެއްކަމުގައި ވިޔަސް މާތްﷲ ގެ އިރާދަފުޅުން މެނުވީ ހިނނގާނެކަމެއްނޫނެވެ.

އަޅުގަނޑުމެންނަށް އެނގޭ ޙާލު، އަދި ނޭނގިތިބޭ ޙާލުގައި ވެސް ހިނގާ ހުރިހާ ކަމަކީ އެކަމުގައި އެންމެ މަޞްލަޙަތު ހުރިގޮތެވެ. އެކަމުގައި މޮޅު އިތުރުވެގެންވާ ޙިކުމަތެއް ލައްވަވާފައި ވާނެތެވެ. މޮޅު އިތުރުވެގެންވާ ޙިކުމަތެއް ކަމެއްގައި ނުލައްވަވާ ކުޅެ ކުޅިވަރެއްގެ ގޮތުގައި ސަކަރާތާއި މަޖަލުގެ ގޮތުގައި މިދުނިޔޭގައި ކަންކަން ނުހިނގާނެއެވެ.

ތިބާއަށް ކުރިމަތިވާ ކަމަކީ ނުބައިކަމެއް ކަމުގައި ތިބާއަށް އިޙްސާސް ކުރެވިދާނެއެވެ. އަދި އެކަން ދެކޭ މީހުންނަށް އެއީ ބޮޑުވެގެންވާ މުޞީބާތެއް ނުވަތަ ނުބައި ކަމެއްކަމުގައި ފެނިދާނެއެވެ. ނަމަވެސް އެކަމުގެ ފަހަތުގައި ހެޔޮކަމެއް ލައްވަވާފައިވާނެއެވެ. އެކަން އަޅުގަނޑުމެންނަށް ނޭގުނުކަމުގައި ވިޔަސް މާތްﷲ ދެނެވޮޑިގެންވާކަން ޤަބޫލުކުރަންޖެހެއެވެ. ވުމާއެކު އެކަމުގއި އެންމެ ހެޔޮގޮތަކީ ކެތްތެރިވުމެވެ. އެކަމުގެ ސަބަބުން ލިބެން އަންނަ ހެޔޮކަމަށް ކެތްތެރިކަމާއި އެކު އިންތިޒާރުކުރުމެވެ. ތިބާގެ ޙަޔާތުގައި ހިނގާފައިވާ ޙާދިސާތަކާއިމެދު ވިސްނާލައިފިނަމަ މިކަމުގެ ހެކި މިހާރުވެސް ތިބާއަށް ފެންނާނެކަން ކަށަވަރެވެ.

ހުރިހާ މުސްލިމުންވެސް ޤަބޫލުކުރާ ޙަޤީޤަތަކީ މާތްﷲ އީ އަޅުގަނޑުމެން ބަލަހައްޓަވާ ރިޒްޤުދެއްވަވާ ރަސްކަލާނގެއެވެ. އެކަލާނގެ މީހަކަށް ދެއްވައިފި ނިޢުމަތެއް، ހެޔޮކަމެއް އެހެން މީހަކަށް ނިގުޅައި ނުގަނެވޭނެކަމެވެ. މިހާރު، މިލެބެމުންދަނީ އެންމެ ހެޔޮ، އުޖޫރައެވެ. މިކަންކަން މެދުވެރިވެފައިވަނީ މީސްތަކުން އިމްތިޙާނުކުރެއްވުމަށެވެ. ގަދައަޅާ މަސައްކަތް ކުރަންވީ މި އިމްތިޙާނުން ފާސްވުމަށެވެ. ޝަކުވާ ދުކޮށްލަމާތޯއެވެ. ލިބިފައިވާ ނިޢުމަތަށް ޝުކުރުވެރިވާށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.