ކެޓީ ޕްރައިސް ރާއްޖޭގައި ހުއްޓާ ބަނގުރޫޓުވަނީ !

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ، ވިޔަފާރިވެރިޔާ، މޮޑެލް އަދި މީޑިއާ ޕާސަނަލިޓީ ކެޓީ ޕްރައިސް  ރާއްޖޭގައި ހުރެ ބަނގުރޫޓިވިކަން އިއުލާނުކޮށްފާނެކަމުގައި ބެލެވިއްޖެއެވެ.

މިހެން ބެލެވިފައިމިވަނީ އޭނާ ބަނގުރޫޓުވެއްޖެކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ވައްދާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފައިވުމުންނެވެ. އެ އަޑުއެހުމުގައި ކެޓީ ބައިވެރިވަނީ ރާއްޖޭގައި ހުރެގެން ޒޫމް މެދުވެރިކޮށެވެ.

ކެޓީގެ މެނޭޖަރު މިކަން ހާމަކޮށް ބުނެފައިވަނީ ކެޓީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެ އަންނަނީ އޭނާގެ ފައިސާއިން ނޫން ކަމަށެވެ. އެއީ އޭނާގެ ލޯބިވެރިޔާ ކާލް ވުޑްސްގެ ފައިސާއިން ކަމަށެވެ.

ކެޓީ ވަނީ އޭނާ ބަނގުރޫޓުވެފައިވާކަން މިދިޔަ އަހަރުގެ ނޮވެމްބަރުގައި އިއުލާނުކޮށްފައެވެ. ނަމަވެސް ކޯޓު މަރުހަލާގައި އަދި އިއުލާނުކޮށްފައެއް ނުވެއެވެ. ނޮވެމްބަރުގައި ބަނގުރޫޓު ހާލަތު އިއުލާނުކުރި ފަހުން އޭނާ ވަނީ ފަސް ގައުމަކަށް ޗުއްޓީއަށް ގޮސްފައެވެ.

ކުރީގައި މިލްކިއްޔާތުގައި 40 މިލިޔަން ޕައުންޑް ހުރި ކެޓީ ބެންކްރަޕްޝީ އިއުލާނުކުރަން މަސައްކަތްކުރަމުން އަންނައިރު އޭނާ ބުނެފައިވަނީ މިހާރު މިލްކިއްޔާތުގައި ހުރީ ހަމަ އެކަނި ގެއެއް ކަމަށާއި އޭނާ ލޫޓުވާލާފައިވާކަމަށެވެ.

ކެޓީ ޕްރައިސް އާއި އޭނާގެ ލޯބިވެރިޔާ ކާލް ޗުއްޓީއަށް ރާއްޖެއައިސް ރާއްޖޭގައި އުޅޭއިރު، ރާއްޖޭގައި ތިބެ ދަރިއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ދެ ލޯބިވެރިން ވަނީ ބުނެފައެވެ. ދަރިއަކު ހޯދުމުގެ މަސައްކަތް ކުރަމުން ދާކަށް އިއުލާނުކޮށްފައިވާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނިކޮށް ކެޓީގެ ދަތްކޮޅު ވަނީ ވެރިފައެވެ.

އެ ދަތްޕިލައަކީ އެ ދެ ލޯބިވެރިން އެންމެ ފަހުން ތުރުކީއަށް ކުރި ދަތުރުގައި ތުރުކީން ޖެހި މަސްނޫއީ ދަތްޕިލައެއް ކަމަށް ކެޓީގެ މެނޭޖަރު ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. tag profile:” އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ، ވިޔަފާރިވެރިޔާ، މޮޑެލް އަދި މީޑިއާ ޕާސަނަލިޓީ ”
    ?what kind of a bankruptcy is that

ހިޔާލު ދެއްވާ!

Your email address will not be published.