“އަލީ ރަމީޒް ސްޕެޝަލް” ގެނެސްދިންތާ ދެ ދުވަސް، ޕީއެސްއެމްގެ އިކުއިޕްމަންޓްތަކަށް ބޮޑެތި ގެއްލުންތަކެއް!

ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒް، އޭނާގެ ލަވަތައް ނުޖެހުމަށާއި ބްރޯޑްކާސްޓް ނުކުރުމަށާއި ޝެއަރ ނުކުރުމަށް އާންމުންގެ ކިބައިން އާދޭހާއެކު އެދުނުތާ އެއް ދުވަސް ފަހުން ފެނިގެން ދިޔައީ ދައުލަތުގެ ޓީވީ، ޕީއެސްއެމްއިން “އަލީ ރަމީޒް ސްޕެޝަލް” ނަމުގައި މެންދުރު ފަސް ސްޕެޝަލް ކޮށްލިތަނެވެ.

އެ ދުވަހު ޕީއެސްއެމްއިން އެހެން ހެދުމުން ގިނަބަޔަކު ޕީއެސްއެމްއަށް ފާޑު ކިޔާފައިވެއެވެ. އެއީ އަލީ ރަމީޒަށް ޖެއްސުން ކުރުން ކަމުގައި ބުނެފައިވެއެވެ.

މިއަދަކީ ޕީއެސްއެމްއިން “އަލީ ރަމީޒް ސްޕެޝަލް” ގެނެސްދިންތާ ދެވަނަ ދުވަހެވެ. ޕީއެސްއެމްއިން ހާމަކޮށްފައިވާގޮތުގައި މާލެއިން މިއަދު ކަރަންޓު ދިއުމުގެ ސަބަބުން ޕީއެސްއެމްގެ ގިނަ އިކުއިޕްމަންޓްސް ތަކަކަށް ގެއްލުން ލިބިފައެވެ. އަދި ވަކިން ހާއްސަކޮށް ބެކަޕް އިކުއިޕްމަންޓްސް އަށް ގެއްލުންވިކަން ޕީއެސްއެމްއިން ފާހަގަކޮށްފައިވެއެވެ.

މިއާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މި ވާހަކަ ދައްކަމުންނެވެ. އެއް ބަޔަކު ބުނަނީ މިއީ ޕީއެސްއެމް އިބުރަތެއް ހާސިލުކުރަންޖެހޭވަރު ކަމެއް ކަމަށެވެ.

އަލީ ރަމީޒް އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ކުރިން ބުނެފައިވަނީ އަލީ ރަމީޒްގެ ލަވަ އަޑުއަހާ ދައްކާ ހެދުމަކީ އޭނާއަށް ކުރެވޭ ވަރަށް ބޮޑު އުނދަގުލެއް ކަމަށެވެ. ދެވޭ އަނިޔާއެއް ކަމަށެވެ.

“މިފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންމެހާ ބޭފުޅުންގެ އަރިހުން ވަރަށް އާދޭހާއެކު ދަންނަވަން” އަލީ ރަމީޒު ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

7 Responses

  1. އެމީހުން ހިތަކަށް ނާރާނެ އެކައްޗެއްވެސް އެއަށްވުރެ މީހުންގެ ޖާހިލުކަން ބޮޑު

  2. Pis pis komme fadakamakaa ves gulhuvaalafaane dhoa fathuruverikamaa behey vuzaaraage baeh computer systems ves hury halaak vefa oriyaa card dekkeema ey bunan V nu roashanee imaaraathuge reception ga in computer system ves halaak vikkan inguny dhemme adhi maadhamaa offices tha hulhuvunyma ingeynee aslu gellun V varu mi hirihaa kameh ayya aa hulhuvan V tha

  3. ވަރައް ބިރުވެރި ކަމެއް ތިވީ އިޖީއެމްއެޗް ކައިރީން މޫދުން މަރުވެފަވާ ބޭފުޅާ އަކީވެސް އަލީރަމީޒް ގެ ލަވަ އަދުއެހި ބޭފުލެއްބާ

  4. ތިވަރުންވެސް އިބްރަތެއް ހާސިލް ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު. މުސްލިމުންގެ ދުޢާ އަކީ ކިހާވަރެއްގެ އެއްޗެއްކަމެއް ނޭނގޭނެ ކޮންމެކޮންމެ މީހަކަށް.

ހިޔާލު ދެއްވާ!

Your email address will not be published.