މި ސީޒަނުގެ ނިޔަލަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އެއްބަސްވުން ހަމަވާ 11 ކުޅުންތެރިން

ޔޫރަޕްގެ ކުލަބުތަކުގެ ޓްރާންސްފާ ބާޒާރުގެ ވާހަކައަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކަށް އެންމެ ހައިރާންކަމެއް ގެނުވާ އެއް ވާހައަށް ވެގެން ދާނެ ކަމީ ޔަގީން ކަމެކެވެ. ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގައި މޮޅަށް ކުޅޭ ގިނަ ކުޅުންތެރިން އެއްކުލަބުން އަނެއް ކުލަބަށް ބަދަލުވަނީ މި ކޮންމެ އަހަރެއްގެ ވެސް އެ އަހަރެއްގެ ޓްރާންސްފާ ބާޒާރުގައެވެ. އެގޮތުންް އަންނަ އަހަރުގެ ޓްރާންސްފާ ބާޒާރަކީ ވެސް ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ގެނުވާނެ ޓްރާންސްފާތަކެއް ހިގާފާނޭ ބާޒާރަކަށް ވެދާނެއެވެ. ސަބަބަކީ ޔޫރަޕުގެ ބޮޑެތި ލީގުތަކުގައި ނަން ހިނގާ މަޝްޙޫރު ގިނަ ކުލަބުތަކަކަށް ކުޅެމުން އަންނަ މަޝްޙޫރު ގިނަ ކުޅުންތެރިން އެ ކުލަބުތަކާއި އެކު ހަދާފައިވާ އެއްބަސްވުންތަށް ހަމަވާނެތީއެވެ. އަދި މީގެ ތެރެއިން ގިނަ ކުޅުންތެރިން މިހާރުވެސް އަންނަނީ ކުލަބު ބަދަލުކުރުމުގެ ހުވަފެންތައް ދެކެމުންނެވެ.

އެގޮތުން މީޑިއާގައި އެންމެ އަޑުގަދަކޮށް މީގެ ކުރިން ދެކެވުނު އެއްވާހަކަ އަކީ ސްޕެއިންގެ ބާސެލޯނާއަށް ކުލެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ ބާސާ ދޫކޮށް ދާން އުޅޭ ވާހަކައެވެ. އެގޮތުން ދުނިޔޭގެ ގިނަ ބަޔަކަށް ލިބުނު މި ހައިރާން ކުރުވަނިވި ޚަބަރާއި އެކު ދުނިޔޭގެ މީޑިއާތައް ވަނީ މެސީގެ ޙަބަރުތަކުން ފުރި ބަންޑުން ވެފައެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން މެސީ ވަނީ މި އަހަރުގެ ސީޒަން ނިމްނެދެން ބާސާގައި މަޑުކުރުމަށް ވިސްނުން ބަދަލުކޮށްފައެވެ. އޭގެ ސަބަބެއް ކަމުގައި ވަނީ މެސީ ދޫކުރުމަށް ބާސާއިން ދެކޮޅު ހެދުމުގެ އިތުރުން އޭނާ ދޫކޮށްލަން ކުލަބުން ކިޔާ އަގުވެސް ބޮޑުވުމެވެ.

ނަމަވެސް ބެލެވޭ ގޮތުގައި މެސީ މިއަހަރުގެ ސީޒަން ނިމުމުން އަނެއް ކާވެސް އޭނާގެ ވިސްނުން ބަދަލުކުރާނެއެވެ. އެގޮތުން ބާސެލޯނާ ދޫކޮށް އިނގިރޭސި ކުލަބު މެންޗެސްޓާރ ސިޓީ އަށް މެސީ ބަދަލުވާނެއެވެ. އޭނާ މިހާރުވެސް ހުރީ އެ އަޒުމުގައެވެ.

ދެން އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރ ޕައުލް ޕޮގްބާ ކުލަބު ދޫކޮށް ދާން އުޅޭ ވާހަކަ އެވެ. އެގޮތުން އިޓަލީގެ ޔުވެންޓަސްއަށް އޭނާ ބަދަލުވާން އުޅޭކަމަށް ވެސް ބެލެވުނެވެ. އަނެއް ކޮޅުން ސްޕެއިންގެ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވެދާނެ ކަމަށް ވެސް ބެލެވުނެވެ. ނަމަވެސް އެންމެ ފަހުން އޭނާ ވެސް ވަނީ ކުލަބުގައި މަޑުކުރުމަށް ނިންމާފައެވެ.

ދެން އެންމެ ގިނައިން މީޑިއާ ތަކުގައި ދެކެވޭ އަނެއް ވާހަކަ އަކީ ފްރާންސްގެ ލިޔޯންއަށް ކުޅެމުން އަންނަ ފޯވާޑް މެމއފިސް ޑިޕާއީ ކުލަބު ދޫކޮށް ބާސެލޯއަށް ބަދަލުވާން އުޅޭ ވާހަކައެވެ. ނަމަވެސް މި ވާހަކަތަކަށް ލިޔޯންއިން ދީފައިވާ ޖަވާބަކީ ޑިޕާއީ ލިޔޯންއާއި އެކު މިހާރު ހަދާފައިވާ އެއްބަސްވުން ނިމުކަމަށް ނާންނަނީ އޭނާ ކުލަބުން ދޫކޮށް ނުލާނެ ކަމަށެވެ. ޑިޕާއީ ލިޔޯންއާއި އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

މި ފަހަރުގެ ސީޒަން ނިމުމާއި އެކު މެސީއާއި ޕޮގްބާގެ އިތުން ގިނަ ކުޅުންތެރިންނެއްގެ އެއްބަސްވުން ހަމަ ވެ އަލުން އެއްބަސްވުން އާކުރަން ޖެހޭއިރު، މީޑިއާ ރިޕޯޓުތަށް ބުނާގޮތުން މި ކުޅުންތެރިންގެ އެއްބަސްވުން ދެން ގިނަ ކުލަބުތަކުން އައު ނުކުރާނެއެވެ. އަނެއް ކޮޅުން މީގެތެރެއިން ބައެއް ކުޅުންތެރިން ނަކީ ކުލަބު ތަކުން ދޫކުރަން ދެކޮޅުހަދާ ކުޅުންތެރިންނަށް ވީ ނަމަވެސް އެ ކުޅުންތެރިން މިހާރުގެ ކުލަބާއި އެކު އިތުރު އެއްބަސްވުމަކަށް ދާކައް ބޭނުމެއް ނުވާނެއެވެ.

މި ސީޒަނުގެ ނިޔަލަށް ކުލަބުތަކުން އެއްބަސްވުންް ހަމަވާ ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިން:

ލިއޮނެލް މެސީ (ބާސެލޯނާ)

ސާޖިއޯ އަގުއޭރޯ ( މެންޗެސްޓާ ސިޓީ)

މެސުޓް އޮޒިލް ( އާސެނަލް)

ޕައުލް ޕޮގްބާ ( މެންޗެސްޓާ ޔުނައިޓެޑް)

އެޖެލް ޑިމާރިއާ ( ޕީއެސްޖީ)

މެމްފިސް ޑިޕާއީ (ލިޔޯން)

ގިނި ވިނެލްޑަމް ( ލިވަޕޫލް)

އެކަޑިއަސް މިލިކް ( ނަޕޮލީ)

ޑިއޭގީ ކޮސްޓާ ( އެތްލެޓިކޯ މެޑްރިޑް )

ޑޭވިޑް އަލަބާ ( ބަޔާން މިޔުނިކް )

އޮލިވިއެރ ގީރޫޑް ( ޗެލްސީ)

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.