ރޭ ވައިގެ މަގުން އެތެރެ ކުރި މަސްތުވާތަކެތި -- ފޮޓޯ: ޕޮލިސް
ރޭ ވައިގެ މަގުން އެތެރެ ކުރި މަސްތުވާތަކެތި -- ފޮޓޯ: ޕޮލިސް

ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރު ކޮށްފި

ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޑްރަގް އޮޕަރޭޝަން ޔުނިޓް ގުޅިގެން ހިންގި  އޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 22 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ. އަދި މިތަކެތި  ފެނިފައިވަނީ އޭނާގެ ހަށިގަނޑާއި ތަކެތި  ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.

މިމީހާ ހައްޔަރު ކޮށްފައިވަނީ ރޭ އިރާކޮޅު ސްރީލަންކާއިން ދިވެހިރާއްޖެއަށް އައި ފްލައިޓެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް އަށް ޖެއްސި  ވަގުތުއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *