ކަންނެލި ދޯންޏަކުން ވައްކަންކޮށް ޕިކަޕެއްގެ ދަށަށްވަދެ ފިލާއޮތް މީހަކު އަތުލައިގެންފި

މަސްމާރުކޭޓް ސަރަޙައްދުގެ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ވައްކަންކޮށް ޕިކަޕެއްގެ ދަށަށް ވަދެ ފިލާއޮތް މީހަކު އަތުލައިގަނެ ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ކަންނެލި ދޯންޏަކުން ވައްކަންކުރި ކަމަށް ރޭ ދަންވަރު 02:50 ހާއިރު ފުލުހުންނަށް ހުށަހެޅުމާއެކު މާފަންނު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުން ވަނީ އެ ސަރަޙައްދަށް ދިޔަ ކަމަށާއި އަދި ވައްކަން ކުރިކަމަށް ތުޙުމަތު ކުރެވޭ މީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އޭނާ ފެނިފައި ވަނީ ފާލަންދޮށު ހިނގުމުގައި ޕާރކްކޮށްފައިއޮތް ޕިކަޕެއްގެ ދަށަށް ވަދެ ފިލާ އޮއްވާ ކަމަށެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ސަރަޙައްދު ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ  ޓެބްލެޓެއް ޕިކަޕް ދަށުގައި އޮއްވާ ފެނިފައިވާކަމަށްވެސް ފުލުހުން ހާމަ ކުރެ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ ތަފާތު އެކިއެކި މައްސަލަތަކާއި ގުޅިގެން 119 ފަހަރު ހުއްޓުވާ ސުވާލުކޮށް 44 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 18 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ 02 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ދަޢުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން އޭނާ އަކީ ޤަވާޢިދާ ޚިލާފަށް އޮޑި ދޯނި ފަހަރަށް އެރުމުގެ މައްސަލަތަކާއި ރޯދައަށް ހުރެ ކެއުމުގެ މައްސަލައަކާއި އަމުރައް ނުކިޔަމަންތެރިވުމުގެ މައްސަލައެއްގެ އިތުރުން ގިނަ އަދަދެއްގެ ވައްކަމުގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަ ތަކުގެ ރެކޯޑް އޮންނަ މީހެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *