ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި --
ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި --

މުސްހަފު ޗާޕް ކުރުމަށް އެހީ ވުމަށް އެކައުންޓެއް ހުޅުވައިފި

ކޮންމެ ދިވެއްސަކަށް ކީރިތި ގުރުއާނުގެ މުސްހަފެއް ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގައި، މުސްހަފް ޗާޕް ކުރުމަށް ސަދަޤާތް ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިމް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލާފައިވަނީ ފަންޑު ފޮށްޓަށް ފައިސާ ޖަމާކޮށްގެންނާއި، އުރީދޫ ޕްރީޕެއިޑާއި ބޭންކް ބެދުވެރިކޮށް ފައިސާގެ އެހީ ދިނުމަށެވެ. އެ މިނިސްޓްރީން ބުނީ ”މުސްހަފް މާލްދީފް“ މަޝްރޫއުގެ ދަށުން މުސްހަފް ޗާޕްކުރުމަށް ބޮޑު ހަރަދެއް ހިނގާނެތީ މުސްހަފް ޗާޕުކުރުމަށް ސްޕޮންސާކުރައްވަން ބޭނުންވާ ފަރާތްތަކަށާއި އެކަމަށް އެހީތެރިކަން ވެދެއްވަން ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ބޭންކް މެދުވެރިކޮށް އެހީވެދޭން ބޭނުންވާ ފަރާތްތަކުން 779909999034 އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ޤުރުއާނާއި ބެހޭ މަރުކަޒުގައި ބަހައްޓާފައި ހުރި ފަންޑު ފޮށްޓަށް ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި އެވެ. އަދި އުރީދޫ ޕްރީޕެއިޑް ބޭނުންކުރައްވާ ފަރާތްތަކުން 3#535* މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެ ގޮތް ހަވީ ހަމަޖައްސާފައި އެވެ.

މި މަޝްރޫގެ ދށުން ފުރަތަމަ ޗާޕް ކުރުމަށް ހަމަޖެހިފައިވަނީ އެއް ލައްކަމުސްހަފެވެ. އެ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ޖުލައި 26 ގައި ”މުސްހަފް މާލްދީފް“ ރަސްމީކޮށް ނެރުމަށެވެ.

ކޮންމެ ދިވަހެއްސަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއަކީ އިސްލާމިކް މިނިސްޓްރީއާއި ރާއްޖޭގެ ޖަމިއްޔާތަކާއި ބަހުރެއިންގެ ޤުރުއާން ކެއާ ސޮސައިޓީއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *