ދެ ހެލިކޮޕްޓަރު ޖެހި ހިނގި އެކްސިޑެންޓެއްގައި ސައުދީ ދެ ޕައިލެޓަކު މަރުވެއްޖެ

ސައުދީ އަރަބިއްޔާއާއި ޔަމަނާ ގުޅޭ ބޯޑަރު ސަރަހައްދުގެ ވައިގެ ސަރަހައްދުގައި ދެ ހެލިކޮޕްޓަރު ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ސައުދީ ދެ ޕައިލެޓަކު މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަރުވި ދެ ޕައިލެޓުންނަކީ ބޯޑަރުގެ އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ދެ ޕައިލެޓުންނެވެ.

ސައުދީ ކަމާބެހޭ ފަރާތްތަކުން ބުނީ މަރުވީ އަލީ ބިން މުހައްމަދު އަލް ގާނީ ކިޔާ ޕައިލެޓަކާއި ނަސީރު ބިން މުހައްމަދު އަލް ހާތީ ނަމަކަށް ކިޔާ ޕައިލެޓެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *