ވިއްސާރައިގާ ރަށެއްގައި ފެންބޮޑުވުމުން ފެން ހިއްކުމުގެ މަސައްކަތް ފުލުހުން ކުރަނީ: މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައި --
ވިއްސާރައިގާ ރަށެއްގައި ފެންބޮޑުވުމުން ފެން ހިއްކުމުގެ މަސައްކަތް ފުލުހުން ކުރަނީ: މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައި --

މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން މޯލްޑިވެސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 1:30 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ހުރިހާ ސަރަހައްދެއްގައިވެސް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވައިގެހޭނީ ގަޑިއަކު 45 މޭލު ބާރު މިނުގައި ކަމަށެވެ. އަދި ވިލާ ގަނޑުގައި ވައި އިތުރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ. ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވެތިބުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *