އިންޑިއަން ސުޕަރލީގު: ކެރެލާ އަތްދަށުވެ ކޮލްކަޓާއަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ

ހީރޯ އިންޑިއަން ސުޕަރލީގުގައި ރޭ ކުޅުނު މެޗުގައި ކެރެލާ އަތްދަށުވެ ކޮލްކަޓާއަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެއެވެ.

ނެހުރޫ ސްޓޭޑިއަމްގައި ކުޅުނު މެޗު ކެރެލާ ބްލާސްޓަރސްއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް ކެރެލާ ބްލާސްޓަރސްގެ ފޯވަރޑް ހުމޭ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 4 ވަނަ މިނެޓުގައެވެ.

މެޗަށް އަނބުރާ އައުމަށް ކޮލްކަޓާއިން މަސައްކަތްކުރި ނަމަވެސް ހުރަހަކަށްވީ ކެރެލާ ބްލާސްޓަރސް އަދި ކުރީގެ އިންގްލެންޑުގެ ގައުމީޓީމުގެ ކީޕަރ ޑޭވިޑް ޖޭމްސްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ކެރެލާއިންވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓުގައި ކެރެލާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައިވަނީ ގުސްމާއޯއެވެ.

ދެވަނަ ހާފް ފެށިގެން މާ ގިނައިރެއްނުވެ ކޮލްކަޓާއިންވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ފިކުރޫގެ ގޯލާއެކު ކޮލްކަޓާއިންވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ. ނަމަވެސް މެޗު ނިންމާލަންޖެހުނީ ބައްޔަކާއެކުގައެވެ.

މެޗުން ބަލިވެ ކޮލްކަޓާވަނީ އިންޑިއަން ސުޕަރލީގުގެ ތާވަލުގެ 2 ވަނައަށް ވެއްޓިފައެވެ. ކެރެލާ ބްލާސްޓަރސްވަނީ ތާވަކުގެ 3 ވަނައަށް ޖެހިލާފައެވެ. ލީގުގެ މެޗެއް މިރޭވެސް ކުޅޭނެއެވެ. ބައްދަލުކުރާނީ އެފްސީ ގޯއާ އަދި ޕޫނޭ އެފްސީއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *