ބުރުމާއަކާއި ގްރައިންޑަރެއް ވަގަށްނެގި ދެމީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއަކުން ވަގަށްނަގާފައިވާކަމަށް ބެލެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ 2015 އޮގަސްޓް 11 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއަކުން ގެއަކުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށްނަގާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި  އޮޕަރޭޝަނެއްގައި 2015 އޮގަސްޓް 12 ވަނަދުވަހުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ވަގަށްނަގާފައިވާކަމަށް ބެލެވޭ  އިލެކްޓްރޯނިކް ސާމާނުތައް ފެނިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ  ދެމީހުންގެ ތެރެއިން އެކަކާ ގުޅުންހުރި ގަރާޖެއް ބަލައިފާސްކުރިއިރު އެތަނުގެ ތެރެއިން ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީގް ކުރިޔަށް ގެންދިޔުމަށް 07 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *