ޕްރިމިއާ ލީގް: ފަހަތުން އަރާ ލިވަޕޫލުން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ދަންވަރު އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އާސެނަލްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދާފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ.

ރޭގެ މި މެޗުގައި ލިވަޕޫލްގެ ފަރާތަކުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އާސެނަލްގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އާސެނަލް އިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އާސެނަލްއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ އަލެކްޒެންޑަ ލަކަޒެޓްއެވެ.

މެޗުގައި ކުރިން ލަނޑު ޖަހާ އާސެނަލްއިން ލީޑު ނެގި ނަމަވެސް އެ ޓީމަށް އެ ލީޑުގައި ދެމި އޮވެވުނީ އެންމެ ދެ މިނެޓަށެވެ. މެޗުގެ 28 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ލަނޑު ޖަހާ ލިވަޕޫލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެންޑްރޫ ރޮބަޓްސަން ވަނީ އަލެކްޒެންޑަރ އާނޯލްޑްގެ އެހީތެރި ކަމާއި އެކު ލަނޑު ޖަހާ ލިވަޕޫލަށް މެޗުގެ ލީޑު ނަގައިދީފައެވެ. ރޭގެ މެޗުގައި ތަފާތު ބޮޑުކޮށް ލިވަޕޫލުން އާސެނަލް އަށްވުރެ މޮޅަށް ކުޅުނު ނަމަވެސް މެޗުގެ ނަތީޖާ ހަމަހަމަކުރަން އާސެނަލް އަށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ ފަހު ހާފުގައި އާސެނަލްގެ އުމުރުން 29 އަހަރުގެ ފޯވާޑް ލަކާޒޭ އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ އަށް ގޯލަށް ބޯޅަ ފޮނުވާލެވުނީ މާ މަޑުންނެވެ. އެ ބޯޅަ ގޯލަށް ވަނަ ނުދީ ސަލާމަތްކުރީ ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު،1-2 ގެ ނަތީޖާއިން ކުރީގައި އޮތީ ލިވަޕޫލްއެވެ.

މެޗުގެ ފަހު ހާފަށް ކުޅެން ނިކުމެ ވެސް އާސެނަލްއަށް މާ އެދެވޭ ކުޅުމެއް ފެނިގެން ނުދިޔައިރު، ލިވަޕޫލް އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބު ކޮށް ނަތީޖާ 1-3 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑު މެޗުގެ88 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑިއޭގޯ ޖޮޓާއެވެ.

ރޭގެ ނަތީޖާ އާއެކު މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ލިވަޕޫލް ވަނީ ޓޭބަލްގެ ދެވަނަ އަށް ޖެހިލައިފަ އެވެ. ލިވަޕޫލާ އެއްވަރަށް ޕޮއިންޓް ލިބިގެން ޓޭބަލްގެ އެއްވަނައިގައި ލެސްޓަރ ސިޓީ އޮތްއިރު އާސެނަލް އޮތީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ޓޭބަލްގެ ފަސް ވަނައިގަ އެވެ.

 

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.