ނައިބު ރައީސް އަދީބު، މޯލްޓާގެ ކުރީގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު މިހާރު މޯލްޓާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ. ލޯރަންސް ގޮންޒިޔާއާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އިއްޔެ އެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޯލްޓާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަ ކުރައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސާއާ ބައްދަލު ކުރައްވައި ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ ސިޓީފުޅެއް އެކަމަނާއަށް އަރުއްވައ ރަސްމީ ވާހަކަތައް ވަނީ ބާއްވަވާފަ އެވެ.

ނައިބު މޯލްޓާއަށް ވަޑައިގެންނެވީ މިސްރުގެ ސްއޭޒް ކެނަލް ހުޅުވުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުގަ އެވެ. މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ތިބޭ ދިވެހިންނާ ބައްދަލު ކުރައްވައި އެ ކުދިންގެ ހާލު ނައިބު ރައީސް ވަނީ އޮޅުންފިލުއްވާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *