ނޭމާ 2 މެޗަށް ސަސްޕެންޑް ކުރިއިރު، ކުރްޒާވާ 6 މެޗަށް ސަސްޕެންޑް ކޮށްފި

ޕީއެސްޖީގެ ތަރި ނޭމާ ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ނޭމާ ސަސްޕެންޑު ކުރީ ޕީއެސްޖީ އާއި މާސޭ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ހަމަނުޖުމުގެ ތެރެއިން މާސޭގެ ޑިފެންޑަރ އަލްވާރޯ ގޮންޒާލޭޒްގެ ބޮލުގައި ޖެހި މައްސަލަ އަކާއި ގުޅިގެންނެވެ.

މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒްގެ ގައިގައި ޖެހުމުގެ ސަބަބުން ނޭމާ އަށް 2 މެޗުގެ ސަސްޕެންޝަން އެއް އައިސްފައިވާއިރު، މި މައްސަލައާއި ގުޅިގެން ނޭމާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކޮށް ހަޑިހުތުރު ބަހުން އެއްޗެހި ގޮޗުމުން ކަމަށެވެ.

އަދި ހަމަ އެރޭ އެ މެޗަށް ފަހު ސޯޝަލް މީޑިއާގައި ނޭމާ ކުރި ޕޯސްޓެއްގައި ނޭމާ ބުނެފައިވަނީ ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުން ހަޤީޤަތުގައި އޭނާ ޖަހަން ބޭނުންޗި ތަނުގައި ނުޖެހުނު ކަމަށާއި ޖަހަން ބޭނުންވީ ގޮންޒާލޭޒްގެ މޫނުގައި ކަމަށެވެ.

ނޭމާގެ ވާހަކަތަށް މިހެން ހުރި ނަމަވެސް ނަސްލީ ގޮތުން ނޭމާއާއި ދިމާކުރިކަމަށް ބުނާ ވާހަކަތަށް ގޮންޒަލޭޒް ދޮގު ކުރެއެވެ. އަދި އެރޭ މެޗިުގައި ހިނގާފައިވާ ކަންތައް ތަކުގެ މައްސަލަ އާއި ނަސްލީ ގޮތުން ނޭމާއާއި ދިމާކުރި މައްސަލަވެސް ބަލަމުންދާކަން ފްރާންސްގެ ފުޓްބޯލް އެންމެ އިސް އިދާރާއިންވަނީ މީގެ ކުރިން ވެސް ބުނެފައެވެ.

ޤަވާއިދު ބުނާގޮތުން ނަސްލީ ގޮތުން ދިމާކޮށްފިނަމަ 10 މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ.

ނޭމާގެ އިތުރުން ޕީއެސްޖީގެ ލާވިން ކުރްޒާވާ އަށް ވަނީ 6 މެޗުގެ ސަސްޕެންސަން އެއް އައިސްފައެވެ ކުރްޒާވާ އަށް ސަސްޕެންޝަން އައީ މާސޭގެ ޖޯޑަން އަމާވީއަށް ފައިން ހަމަލާދިން މައްސަލާގައެވެ. އަދި ޖޯޑަން އަމާވީ އަށް ވެސް ވަނީ ކުރްޒާވާއަށް ހަމަލާދީފައިވާތީ 3 މެޗުގެ ސަސްޕެންޝަންއެއް އައިސްފައެވެ.

މީގެ އިތުރުން މާސޭގެ ޑާރިއޯ ބެނެޑެއްޓޯ ވެސް ވަނީ އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ.

ގިނަ ހަމަނުޖެހުންތަކެއް ފެނިގެންދިޔަ މި މެޗުގައި ނޭމާ ހިމެނޭ ގޮތަށް ޕީއެސްޖީގެ ތިން ކުޅުންތެރިންނާއި މާސޭގެ ދެ ކުޅުންތެރިންނަށް ވަބީ ރަތް ކާޑު ދެއްކާފަައިވެއެވެ. އަދި އެމެޗުގައި 14 ރީނދޫ ކާޑް ދައްކާފައި ވެއެވެ.

އެމެޗުން ޕީއެސްޖީ ބަލިވެފައިވާއިރު، އެޓީމުގެ މައްޗަށް މާސޭއިން ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.