20 އިން ސައްތަ ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ހުއްދަ ޖަރުމަނުގެ ކުލަބުތަކަށް ދީފި

މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ޖަރުމަން ބުންޑެސްލީގާގެ އައު ސީޒަނުގެ ކުޅުން ފަށާއިރު، 20 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ހުއްދަ ދީފިއެވެ.

20 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ހުއްދަ ދޭން ނިންމާފައިވަނީ އިއްޔެ ޖަރުމަންގެ ބާލިންގައި ހުންނަ ފެޑެރަލް ޗާންސެލަރީ ހެޑްކުއާޓަސްގައި ސިޔާސީ ފަރާތްތަކާއި، އެކި ސްޓޭޓްތަކުގެ ވެރިން ބޭއްވި ޚައްސަ ބައްދަލުވުމެއްގައެވެ.

އެގޮތުން ބޭއްވުނު މި ބައްދަލުވުމުގައި 20 އިން ސައްތަ ސަޕޯޓަރުން ދަނޑަށް ވައްދަން ނިންމިއިރު، ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގައި އަމަލުކުރަން ޖެހޭ ވަކި ޚާއްސަ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ސަޕޯޓަރަކުވެސް ފޭސް މާސްކް އެޅުމަށާއި ކޮންމެ ސަޕޯޓަރަކު އަނެއް ސަޕޯޓަރަކާއި ދޭތެރޭ 1.5 މީޓަރުގެ ދުރުމިނެއް ބަހައްޓަން ޖެހެއެވެ. މިގޮތަށް ހަމަޖައްސަން ނިންމާފައިވަނީ މިހާރު ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަޅެއްގެ ގޮތުގައެވެ.

މި ނިންމުމާއި އެކު މިހާރުވެސް ބައެއް ކުލަބުތަކުން އެޓީމުތަކުގެ ސަޕޯޓަރުން ދަނޑަށް ވައްދަން ނިންމާ އެކަން އިއުލާނު ކޮށްފައިވެއެވެ. އެގޮތުން ބޮރޫޝިއާ ޑޯޓްމުންޑުން ވަނީ އަންނަ ހޮނިހިރު ދުވަހު އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި 10،000 ސަޕޯޓަރުން ދަނޑަށް ވައްދާނެކަން އިއުލާން ކޮށްފައެވެ. ޖަރުމަން ލީގުގައި ޑޯޓްމުންޑުން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި ބޮރޫޝިއާ މޮންޗެގްލަޑްބަކާ ދެކޮޅަށެވެ. އަދި މީގެ އިތުރުން ކޮލޯނުންވެސް ވަނީ އެޓީމުން ހޮފެންހެއިމާ ދެކޮޅަށް ކުޅޭ މެޗުގައި 9،200 ސަޕޯޓަރުން ދަނޑަށް ވައްދާނެކަން އިއުލާން ކޮށްފައެވެ. މި މެޗުވެސް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ. މީގެ އިތުރުން އާރްބީ ލެއިޕްޒީގާއި ވާޑާ ބެރެމެނުންވެސް ވަނީ އެޓީމުތަށް ކުޅޭ މެޗުތަކުގައި 4،800 ސަޕޯޓަރުންނަށް ދަނޑަށް ވައްދާނެކަން އިއުލަނު ކޮށްފައެވެ.

އައު ސީޒަނުގެ ޖަރުމަން ލީގުގެ މެޗުތައް ބަލަން 20 އިން ސައްތަ ސަޕޯޓަރުން ދަނޑަށް ވައްދަން ހުއްދަ ދީފައިވާއިރު، ޖަރުމަން ލީގު ވެގެންދާނީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލާ ފުރަތަމަ ލީގަށެވެ.

މާދަމާރޭ ޖަރުމަން ލީގުގެ އައު ސީޒަންގެ ކުޅުން ފެށޭއިރު، ލީގު ފެށިގެންދާނީ މާދަމާރޭ 11:30 ގައި ކުޅެން ހަމަ ޖެހިފައިވާ ޗެމްޕިއަން ބަޔާން މިޔުނިކް އަދި ޝާލްކޭ ބައްދަލުކުރާ މެޗުންނެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.