ވިލާގެ ޕެޓްރޯލް ޝެޑެއް ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ހުޅުމާލޭގައި ހުންނަ ވިލާ ކުންފުނީގެ ޕެޓްރޯލް ޝެޑްގެ ތިޖޫރީ ފަލާލުމަށް ފަހު، ލައްކައަކަަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ވިލާ ޕެޓްރޯލް ޝެޑްގެ ތިޖޫރީ ފަޅާލާ ވައްކަށް ކުރި މައްސަލައެއް ފުލުހުންނަށް މިއަދު ހެނދުނު 08:00 ގައި ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ޝެޑުގެ ތިޖޫރި ފަޅާލުަށްފަހު 1 ލައްކަ 20 ހާސް ރުފިޔާ ވަގަށް ނަގާފައިވާކަމަށް ޝެޑާ ހަވާލުވެހުރި ފަރާތުން ފުލުހުންނަށް މައުލޫމާތު ދޭކަމަށެވެ.

ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *