މި ސީޒަނަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަނީ!

އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަމަށް އެކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި ފޯވަޑް ކީލިއަން އެމްބާޕޭ ބުނެފިއެވެ.

ރިޕޯރޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު ކުލަބު ދޫކޮށްލަން ބޭނުންވާކަން އެމްބާޕޭ މިހާރު ވަނީ ޕީއެސްޖީގެ ބޯޑަށް ވެސް އެކަން އަންނާފައެވެ. ރިޕޯޓުތަށް ބުނާގޮތުން ޕީއެސްޖީ ދޫކޮށްލުމަށްފަހު އެމްބާޕޭ ދިއުން އެންމެ ގާތީ އޭނާއަށް އެންމެ ބޮޑަށް ޝައުގުވެރިވާ އެއް ކުލަބު އިނގިރޭސި ވިލާތުގެ މެންޗެސްޓާރ ޔުނައިޓެޑްއަށެވެ.

އެމްބާޕޭ ކުލަބު ދޫކޮށްލަން ނިންމާ އެކަން ކުލަބުގެ ބޯޑަށް އަބްގާފައިވާއިރު، އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާނެ ދެ ކުލަބަކީ ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އެވެ. މި ސީޒަނަށް ފަހު ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭ ލިއޮނެލް މެސީ ނެއްތަން ފޫބެއް ދުމަށް އެމްބާޕޭ ގެނައުމަށް ބާސެލޯނާއިން މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭއިރު، ރެއާލް މެޑްރިޑުން މިހާރުވެސް ވަނީ އެމްބާޕޭ ހޯދުމަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ. އަދި އެމްބާޕޭ ޕީއެސްޖީ ދޫކޮށް ގުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުލަބަކީ ރެއާލް މެޑްރިޑް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރެއަލްމެޑްރިޑްގެ ކޯޗުކަމާއި ދެވަނަ ފަހަރަށް ޒިދާން ޙަވާލުވިފަހުން އެމްބާޕޭ ހޯދުމަށް ރެއާލް މެޑްރިޑުން މަސައްކަތްކުރަމުންދާ ވާހަކައަކީ މެދު ނުކެނޑި އިވެމުންދާ ވާހަކަތަކެކެވެ. އެގޮތުން އެމްބާޕޭއާއި ގުޅިގެން ޒިދާން ދައްކާފައިވާ ވާހަކަތަކުންވެސް އެމްބާޕޭއަކީ ޒިދާންއަށް ކިހާ ކަމުދާ ކުޅުންތެރިއެއްކަންވެސް ހާމަވެގެން ދެއެވެ.

2017 ވަނަ އަހަރު މޮނާކޯއިން ޕީއެސްޖީއާއި ގުޅުނު އެމްބާޕޭ ޕީއެސްޖީ އާއި ގުޅުނީ 170 މިލިއަން ޔޫރޯއަށެވެ. އެމްބާޕޭ ޕީއެސްޖީއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ބާކީ ދެ އަހަރު އެބަ އޮތެވެ. އެގޮތުން އެމްބާޕޭ ޕީއެސްޖީ އާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުގެ ޖޫން 30 ގައެވެ.

ފްރެންޗް ލީގުގެ އައު ސީޒަން މިހާރު ފެށިގެން ކުރިޔަށް ދާއިރު، ޕީއެސްޖީ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. އަލަށް ޕްރޮމޯޓްވި ލެންސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިއިރު، ރޭ މާސެއިލް އާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 0-1 ގެ ނަތީޖާ އަކުންނެވެ.

ލީގުގެ ފުރަތަމަ މެޗުގައި ޕީއެސްޖީއިން ކުޅެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ސަބަބުން އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ތަކެއް ނުލައެވެ. އެގޮތުން ކީލިއަން އެމްބާޕޭ، ނޭމާ، ޑިމާރިއާ، މާކުއީނިއޯސް އަދި ލެއަންޑްރޯ ޕަރޭޑޭސް މި މެޗުގައި ކުޅެފައެއް ނުވެއެވެ. ނަމަވެސް ރޭ މާސެއިލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ އާއި ޑިމަރިއާ ކުޅެފައިވެއެވެ.

ނަމަވެސް ރޭގެ މެޗުގައި އެމްބާޕޭ އާއި މާކުއީނިއޯސް އަދި ލެއަންޑްރޯ ޕަރޭޑޭސް ކުޅެފައެއް ނުވެއެވެ. މި ކުޅުންތެރިން ތިބީ އަދިވެސް އައިސޮލޭޝަންގައެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.