ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމް ކުރަމުންދާ 50 މެގަވޯޓުގެ ކަރަންޓުގެ ވިއުގައިގެ މަސައްކަތް ކުރަނީ -- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމް ކުރަމުންދާ 50 މެގަވޯޓުގެ ކަރަންޓުގެ ވިއުގައިގެ މަސައްކަތް ކުރަނީ -- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ކަރަންޓު ވިއުގަ: މާލޭގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލު ލިބެން ގިނަ ދުވަހެއް ނެތް!

މާލޭގައި ކަރަންޓު ބޭނުން ކުރާ މިންވަރުގެ ޑިމާންޑާއި އެއްވަރަށް ހިދުމަތް ނުދެވުމަކީ ސްޓެލްކޯގެ ކަންބޮޑުވުމެކެވެ. އާންމު ރައްޔިތުންގެ ޝަކުވާ އެހާ ބޮޑުވާ ކަމެކެވެ.

މި މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯއިން ކޮންމެ ފަސް އަހަރަކުން ޕްރޮޖެކްޓެއް ހިންގައެވެ. އެ ޕްރޮޖެކްޓުތަކުގެ ދަށުން ޖަނަރޭޓަރު އިތުރު ކުރުމާއި ކޮންމެ އަހަރެއްގެ ހޫނު މޫސުމާއި ދިމާކޮށް ކުދި ޖަނެރޭޓާރުތަކެއްގެ އެހީގައި މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަކީ ސްޓެލްކޯއިން މިދިޔަ 25 އަހަރު ވަރުބަލި ކަމެއް ނެތި ކުރަމުން އައި ބުރަ މަސައްކަތެވެ.

ސްޓެލްކޯއަށް މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ އާބާދީ އިތުރުވުމަށް ބަދަލެއް ނައުމެވެ. ސްޓެލްކޯގެ އަންދާޒާތަކަކަށް ބަލާއިރު އަދިވެސް މާލޭގައި ކަރަންޓަށް އޮންނަ ޑޮމާންޑު މަޑުޖެހިލާނެ ދުވަހެއް ނޭނގެ އެވެ.

މާލޭގައި ކޮންމެ އަހަރަކު ކަރަންޓު ބޭނުން ކުރާ މިންވަރު ހަތް ޕަސެންޓު އިތުރުވެ އެވެ.

މާލެއެކޭ އެއްގޮތަށް ހުޅުމާލެވެސް މިހާރު އާބާދުވަމުން ދަނީ މާލެއާއި އެއްވަރުގެ އަވަސް މިނެއްގައި ކަމުން ކަރަންޓުގެ ޑީމާންޑު ވަރަށް ބޮޑެވެ. މިހާރު ހުޅުމާލޭގައި އޮތް އާބާދީއަށް ސްޓެލްކޯއިން ފޯރުކޮށްދޭން ޖެހެނީ 15 މެގަވޯޓުގެ ކަރަންޓެވެ.

މާލޭގެ ކަރަންޓު ވިއުގައި ވަރުގަދަކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެ ފަސް އަހަރަކުން ބިޔަ ޕްރޮޖެެކްޓެއް ހިންގާތާ މިއީ ހަތަވަނަ ފަހަރެވެ. މިހާރު ކުރިޔަށް ގެންދާ “ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް” ނުވަތަ ފޯތް ޕަވާ ޕްރޮޖެކްޓު ފެށީ 2016 އަހަރު އެވެ.

މި ބިޔަ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި 50 މެގަވޯޓުގެ ކަރަންޓު އުފައްދާނެ އެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމް ކުރަމުންދާ 50 މެގަވޯޓުގެ ކަރަންޓުގެ ވިއުގައިގެ މަސައްކަތް ކުރަނީ — ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވި ހުޅުމާލޭގައި 50 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ ވަރުގެ އިންޖީނުގެ އެއް އެޅި ނަމަވެސް އެ ރަށަށް އެވަރަށް ކަރަންޓު ބޭނުން ނުވާތީ މި ވިއުގައި މެދުވެރިކޮށް މާލެ އަދި ހުޅުލެއަށް ކަރަންޓު ބަހާލާނީ އެވެ. ހުޅުމާލޭގައި އުފައްދާ ކަރަންޓު މާލެ އަދި ހުޅުލެއަށް ގެންދަނީ ސިނަމާލޭ ބްރިޖުގައި ކޭބަލް އަޅައިގެން ކަމަށާއި އެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށް ދާ ކަމަށް މުޣުނީ ވިދާޅުވި އެވެ.

“މި ވިއުގައި ގުޅާލުމަށް މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގައި ބޮޑު ހަ ޓްރާންސްފޯމަރު ބަހައްޓާނެ. މިހާރު ޓްރާންސްފޯމަރުތައް ރާއްޖެ ގެނެސްގެން ބެހެއްޓުމުގެ މަސައްކަތް ކުރިއަށް މި ދަނީ. ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ހުޅުމާލެ، މާލެ، ހުޅުލޭގައި ބިލްޑިން އަޅާފައި މިހާރު ވަނީ،” މުޣުނީ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގެ މަަސައްކަތް ނިންމޭނެ ކަމަށް ކުރިން ކަނޑައަޅާފައި އޮތީ މިއަހަރުގެ ނޮވެމްބަރު މަހެވެ. ސްޓެލްކޯއިން ބުނީ މަސައްކަތް ލަސްވީ ކޯވިޑް-19 އާއި ގުޅިގެން ވައިގެ ދަތުރުފަތުރުތައް ހުއްޓުމާއި ގުޅިގެން އިންޖިނިއަރުންނަށް ރާއްޖެ ނާދެވި. ޕްރޮރެކްޓަށް ބޭނުންވާ ސާމާނު ގެނައުން ލަސްވެގެން ކަމަށެވެ.

 

ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމް ކުރަމުންދާ 50 މެގަވޯޓުގެ ކަރަންޓުގެ ވިއުގައިގެ މަސައްކަތް ކުރަނީ — ފޮޓޯ: ސްޓެލްކޯ

މި ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިންމައި މާލޭގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެވެ. ސްޓެލްކޯއިން ބުނީ މިޕްރޮޖެކްޓު ނިމުމުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފެށިޔަސް ކަރަންޓުގެ ދަތިކަން ކުރިމަތި ނުވާނެ ކަމަށެވެ.

މި ޕްރޮޖެކްޓު ނިމުމާއި އެކު މީގެ ދެވަނަ ފިޔަވަނި ނުވަތަ ފިފްތް ޕަވާ ޕްރޮޖެކްޓު ފެށުމަށް ސްޓެލްކޯއިން ދަނީ ތައްޔާރުވަމުންނެވެ. އެ ޕްރޮޖެކްޓުގެ ދަށުން ކަރަންޓު ވިއުގައަކުން ގުޅާލާނީ ވިލިމާލެ ތިލަފުށި އަދި ގުޅީފަޅެވެ.

މި ޕްރޮޖެކްޓުގައިވެސް 50 މެގަ ވޯޓުގެ ކަރަންޓު އުފެއްދުމަށް ހަމަޖެހިފައިވާއިރު މި ޕްރޮޖެކްޓު ފަށާނީ ވިލިމާލޭ ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް އަޅާ ބްރިޖުގެ މަސައްކަތް ނިމުމުންނެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމް ކުރަމުންދާ 50 މެގަވޯޓުގެ ކަރަންޓުގެ ވިއުގައިގެ މަސައްކަތް ކުރަނީ — ފޮޓޯ: ސްޓެލްކޯ

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އަބްދުލް މާލިކު ތައުފީގު ވިދާޅުވީ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން މާލެ ސަރަހައްދުގައި 100 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހުންނާނެ ކަމަށެވެ. އަދި ކަރަންޓާއި ގުޅިގެން ދިމާވަމުންދާ ހުރިހާ މައްސަލައަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.

“ޖުމްލަ 100 މެގަވޮޓް މި ރީޖަނަށް އުފެއްދޭނެ. މި ކޭބަލްގައި ހުންނާނެ މި ވަރުގެ ކޭޓާ ކޮށްލެވޭ ވަރު. އެހެންވެ މި އުފެއްދެނީ ނޭޝަނަލް ގްރިޑެއް. އިންޓަ ކަނެކްޝަންގައި މި އަންނަނީ 132،000 ވޮލްޓުގެ ކޭބަލެއް،” މާލިކު ވިދާޅުވި އެވެ.

ސްޓެލްކޯގެ މި މަޝްރޫއަކީ ޖުމްލަ 44 މިލިއަން ޑޮލަރު (678 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.