ސުޝާންތާއި ގުޅޭ މަސްތުވާތަކެތީގެ މައްސަލައިގަ ސާރާއާ ރަކުލް ބައިވެރިވާ ކަމަށް ރިއާ ބުނެފި

ސުޝާންތު ސިންގް ރާޖްޕުޓަށް މަސްތުވާތަކެތި ހޯދައި ދީ، އެކުގައި ބޭނުން ކުރުމުގެ އިތުރުން މަސްތިވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އެކަމުގައި ބައިވެރިވާ މީހުންގެ ނަންތަށް ތަހުގީގުގައި ކިޔައިދޭން ފަށައިފި އެވެ.

އެ މައްސަލައިގަ ރިއާ ހައްޔަރު ކުރީ އޭނާގެ ބޭބެ ޝޯވިކް ޗަކްރަބަތީ މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރުކޮށް ހިންގި ތަހުގީގުގައި އޭނާ ސުޝާންތައް މަސްތުވާތަކެތި ވިއްކާފައިވާކަން ފަޅާ އަރައިގެންނެވެ. ޝޯވިކް ތަހުގީގުގައި ބުނެފައިވަނީ ސުޝާންތަށް މަސްތުވާތަކެތި ހޯދައިދިނުމުގައި އޭނާގެ އިތުރުން ބައިވެރިވެރިވެފައިވަނީ ރިއާ އާއި ސުޝާންތުގެ ހައުސްކީޕިން މެނޭޖަރު ސަމުއެލް މިރެންދާ ކަމަށެވެ.

މި މައްސަލައިގަ ރިއާ ހައްޔަރުކޮށް 14 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާއިރު ސުޝާންތުގެ މަރާއި މަސްތުވާތަކެއްޗާއި ހުރި ގުޅުން ހޯދުމަށް މުމްބާއީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ދަނީ އަވަސް ބޮޑު ތަހުގީގެއް ކުރަމުންނެވެ. މި މައްސަލައިގަ ރިއާ ފަރާތުން ލިބުނު މައުލޫމާތުތާއި އެކު އޭނާގެ ވަޓްސްއެޕްގައި ޑިލީޓްކޮށްފައި ހުރި ކުރީގެ ޗެޓް ލޮގްތައް ފުލުހުން ވަނީ ރިކަވާ ކޮށް ބަލާފައި އެވެ.

އެ ޗެޓްލޮކްތަކުން އެ މައްސަލައިގަ ބައިވެރިވާ މީހުންކަމަށް ތުހުމަތު ކުރެވޭ ބޮލީވުޑްގެ ތިން މީހަކު ފުލުހުންނަށް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ބުނެ އެވެ. ޗެޓް ލޮކްތަކާއި ގުޅިގެން ކުރި ސުލާތަކަށް ޖަވާބު ދެމުން ރިއާ ވަނީ ސުޝާންތުއަށް މަސްތުވާތަކެތި ދިނުމާއި އެއްކޮށް ބޭނުން ކުރުމުގައި ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާން އާއި އެކްޓްރެސް ރަކުލް ޕްރީތް ސިންގް އަދި ޑިޒައިނަރެއްކަމަށްވާ ސިމޯން ހަމްބައްތާ ބައިވެރިވާ ކަމަށް ބުނެފައި އެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލް އަދި މީޑިއާއަށް ހާމަވެފައެއް ނުވެ އެވެ.

ހައްޔަރުކުރުމުގެ ކުރިން ދިން އިންޓަވިއުއެއްގައި ރިއާ ބުނެފައިވަނީ ސުޝާންތަކީ ކޮންމެ ދުވަހަކު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މަރުޖުއާނާ ބޭނުން ކުރާ މީހެއް ކަމަށެވެ. ސުޝާންތު އަމިއްލައަށް ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނީ މިދިޔަ ޖޫން 14 ވަނަ ދުވަހު މުމްބާއީގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުގައި އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.