ކޮވިޑާ ގުޅިގެން އިނގިރޭސި ވިލާތުގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާއެކު އާންމު ތަންތަނުގައި އެއްވެ އުޅުމުގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެކަން ހާމަކުރައްވަމުން ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ކޭސްތައް ފެންނަ މިންވަރު އިތުރު ވެގެންދާނެ ކަމަށް ބެލެވޭތީ އެކަމުން ރައްކާތެރިވުމުގެ ގޮތުން މިހާރުއްސުރެ އަމަލު ކުރަން ޖެހޭ ކަމަށެވެ.

ބޮރިސްގެ އެންމެ އިސް މެޑިކަލް އެޑްވައިޒަރާއެކު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހަ މީހުންނަށްވުރެ ގިނައިން އެއްވެސް ތާކު ނުތިބެވޭނެ ކަމަށެވެ. މި ފިޔަވަޅު އަޅަން ނުޖެހޭނެނަމަ ކިތަންމެހާވެސް ރަނގަޅުކަމަށާ އެހެންނަމަވެސް ބޮޑުވަޒީރުގެ ހައިސިއްޔަތުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅެއް އަޅަންޖެހޭކަމަށް ބޮރިސް ވިދާޅުވިއެވެ.

ބޮރިސް ވިދާޅުވީ އަލަށް މި އެކުލަވާލެވުނު ގައިޑްލައިނާ އެއްގޮތަށް އަމަލުކުރޭތޯ ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ކުރިޢަށް ވުރެ ބޮޑަށް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ. އަދި އަލަށް އެޅިގެންދާ ފިޔަވަޅުތަކަކީ ލޮކްޑައުން އަކަށް ދިޔުން ނޫން ކަމަށާއި ދެވަނަ ލޮކްޑައުން އަކުން ގައުމު ސަލާމަތް ކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިސަރ ކްރިސް ވިޓީ ވިދާޅުވީ އެ ގައުމުގައި މިހާރު ކޭސްތައް އިތުރުވަމުން އަންނަނީ މީގެ ހަތަރު ހަފްތާ ކުރިން ފްރާންސްގައި ކޭސްތައް އިތުރުވަމުން އައިގޮތަށް ކަމަށެވެ. އަދި ބެލްޖިއަމް އަކީ ވެސް މިގޮތަށް ކޭސްތައް އިތުރުވަމުން އައި ގައުމެއް ކަމަށާއި ނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އެކަން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވިދާނެކަމުގެ ބިރު ހީވާ ކަމަށާއި ވަކިން ޚާއްސަކޮށް ޓީނޭޖް ކުދިންނާއި އުމުރުން 20ގެ އަހަރުތައް ގުނަމުންދާ ޒުވާނުންގެ މެދުގައި ކޭސްތައް އިތުރުވަމުން ހިނގައިދާނެ ކަމަށް ކްރިސް ވިދާޅުވިއެވެ.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.