އުރީދޫ އަތޮޅު ދުވުން ވަރަށް ކާމިޔާބު، 5،000 އަށްވުރެ ގިނަ މީހުން ބައިވެރިވި

އުރީދޫ މޯލްޑިވްސް އިން ކުރިޔަށް ގެންދިޔަ “އުރީދޫ އަތޮޅު ދުވުން” ގައި ރާއްޖޭގެ20 އަތޮޅުންނާއި ރާއްޖެއިން ބޭރަށް ނިސްބަތްވާ 5،800 ދުވުންތެރިން ބައިވެރިވި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ ފުރަތަމަ ނޭޝަން ވައިޑް ވާޗުއަލް ރަން، ‘އުރީދޫ އަތޮޅު ދުވުން’ ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔައީ އޯގަސްޓު 28 ން 31 އޯގަސްޓްގެ ނިޔަލަށެވެ. މި ދުވުން ކުރިޔަށް ގެންގޮސްފައިވަނީ އެމީހަކު ހުރި ތަނެއްގައި ހުރެވެގެންނެވެ.

‘އުރީދޫ އަތޮޅު ދުވުން’ ވަޗުއަލް ދުވުމުގެ މައިގަނޑު މަގްސަދަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދިނުމެވެ. އަދި އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދާދިނުމެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުޅުވީ އުރީދޫ އަތޮޅު ދުވުމަކީ ހުރިހާ ހިސާބަކުން ބައިވެރިވެވޭގޮތަށް މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ފުރަތަމަ ދުވުން ކަމަށެވެ.

“އަތޮޅު ދުވުމަކީ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކުން ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދިޔަ ފުރަތަމަ ރަން. މި ރަންއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަދި ރާއްޖެއިން ބޭރުންވެސް ވަރަށް ހޫނު ތަރުހީބެއް ލިބުނު. މި ފަދަ ދަނޑިވަޅެއްގައި، އެއްތަނެއްގައި ނުތިބިކަމުގައިވިޔަސް އެއްއިވެންޓެއްގައި އެކި ހިސާބުތަކުން މީހުން ބައިވެރިވެ، އެ އެއްބައިވަންތަކަން ފެނިގެންދިޔުން އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ހަމައެއާއިއެކު މި ރަން ގައި ބައިވެރިވުމަށްޓަކައި އެތައްބަޔަކު ތައްޔާރުވެ، އަމިއްލަ ލަނޑުދަނޑިތައް ހާސިލް ކުރާތަންފެނިގެން ދިޔަ. މިއީވެސް އަޅުގަނޑުމެންނަށް ވަރަށް އުފާވެރި މަންޒަރަކަށްވެގެންދިޔަ.” ނިޔާޒު ވިދާޅުވި އެވެ.

އެދުވަހު “އުރީދޫ އަތޮޅު ދުވުން” ގެ ތެރެއިން ނަގާފައިވާ އުފާވެރި ހިތްގައިމު މަންޒަރުތައް އަދި 5 ކިލޯމީޓަރު ހަމަކުރިކަމުގެ “ރަން ރޫޓް” ސްކްރީންޝޮޓްތަކާއި ވާޗުއަލް މެޑަލް، ސޯޝަލް މީޑިއާގައި ދުވުމުގެ ބައިވެރިން ޝެއާ ކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތެވެ. ދުވުން ފުރިހަމަ ކުރުމަށް އިތުރު ހިތްވަރެއްގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ވަނީ އަތޮޅު ދުވުމުގެ ޕާޓްނަރުންގެ ތެރެއިން ހެބިޓަސް ފްރެޝް، ދަ މެރަތަން ޝޮޕް އަދި މެޑްމެކްސް ބިސްޓްރޯ އާއި ގުޅިގެން ނަސީބުވެރި ފަރާތްތަކަށް ޚާއްޞަ އިނާމްތަކެއްވެސް އިއުލާންކޮށްފައެވެ. އެގޮތުން:

  • ދުވުމަށް ރެޖިސްޓަރވުމުން ލިބޭ ވަރޗުއަލ ބިބް ސޯޝަލް މީޑިއާގައި ޝެއަރ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތަކަށް އޮޕޯ އޭ1ކޭ ފޯނެއް ލިބިވަޑައިގަންނަވާނެއެވެ.
  • ދުވުމުގެ ތެރެއިން ނަންގަވާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް ލިބިވަޑައިގަންނަވާނެއެވެ.
  • ދުވުން ނިންމުމަށްފަހު، ވަރޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާ ގެ ވައުޗަރ އަދި ނަސީބުވެރި 3 ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ ބޭފުޅުންނަށް ރޭގަނޑުގެ ކެއުމެއް ލިބިވަޑައިގަންނަވާނެއެވެ.
  • އަދި މީގެ އިތުރުން ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރައްވާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް، 100 ރުފިޔާގެ ވައުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދެއްވާ ޚާއްޞަ އިނާމެއްގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.

މި އިނާމު ތަކުގެ ނަސީބުވެރިންގެ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އިއުލާނު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.