ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ ސަފީރު -- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ ސަފީރު -- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިޔާއިން ފާރަވެރިވުން

ރާއްޖޭގެ އެންމެ އުތުރުބިތުގެ ބޭރުކަނޑުގައި ވަރަށް ސިއްރިއްޔާތުގައި ހިންގި މަސްތުވާތަކެތީގެ މުވާމަލާތެއް ފެނަށް ތިލަކޮށްލަދީ ދިވެހި ސަލާމަތީ ބާރުތަކާއި ކަސްޓަމްސްގެ ސަމާލުކަމަށް، ރާޑަރުގެ ސާފު މަންޒަރުތަކާއެކު ގެނެސްދިނީ އަވަށްޓެރި އިންޑިޔާއިންނެވެ.

އަރިއަތޮޅާ ދިމާ ބޭރުން ލޯންޗަކަށް މަސްތުވާތަކެތި ބަރުކޮށްގެން ރާއްޖެއާ ދިމާލަށް ދުއްވަމުން އަންނަނިކޮށް، ދިވެހި ކޯސްޓްގާޑާއި ފުލުހުންގެ އިންޓެލިޖެންސަށް އެންގީ އެކުވެރި އިންޑިޔާއިންނެވެ. މަސްވެރިކަންކުރާ އުޅަނދެއްކަމަށް ދައްކައިގެން، މަސްތުވާތަކެތިން ކަޅިވައްތައް ފުރާލާފައި ހުރި އީރާނުގެ ބޯޓު ރާއްޖެ ބަނދަރުކުރުމުގެ ކުރިން އެނުރައްކަލުން ސަލާމަތްވުމަށް ރާއްޖޭގެ ސަމާލުކަމަށް އެކަން ގެނެސްދިނީ އިންޑިޔާކަނޑުގެ އެންމެ ނުފޫޒުފަދަ އިންޑިޔާއިންނެވެ. ދެކުނުގެ އަތޮޅަކަށް ސްމަގުލްކުރި މަސްތުވާތަކެތީގެ ބޮޑު ޝިޕްމަންޓެއްވެސް އަތުލައިގަތުމުގައި އިންޑިޔާގެ ޖާސޫސީ އަދި ސާވިއަލަންސްގެ ވަސީލަތްތަކުގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވެއެވެ.

ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ޤާއިމްކުރި ރާޑަރުގެ ނިޒާމަށް އިންޑިޔާއަށް ވާސިލްވެވުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއްނޫނެވެ. އިންޑިޔާކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ ބޮޑު ޒިންމާ ޖިއޯޕޮލިޓިކްސްގެ ސިޔާސަތުގެ ދަށުން ބޮޑެތި އަދި ބާރުގަދަ ޤައުމުތަކުން މަތިކޮށްފައި އޮތީ އިންޑިޔާއަށެވެ. އަދި އިންޑިޔާކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ސިޔާސަތާ ބެހޭ ގޮތުން އެޤައުމުތަކުން ލަފަޔާއި އިރުޝާދު ހޯދަމުން ދަނީވެސް އިންޑިޔާގެ ކިބައިންނެވެ.

ކުރިން ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މަޢުމޫނުގެ ޓްވީޓަކާ ގުޅިގެން ރާއްޖޭގެ ރާޑަރުތަކުގެ މަޢުލޫ އިންޑިޔާއާ ގުޅުވާލައި ބޮޑު ބަހުސަކަށް ސޯޝަލް މީޑިޔާގައި ދިޔައެވެ. ދުންޏާގެ ޓްވީޓްގައި ސިފަކުރައްވާފައިވަނީ ރާއްޖޭގެ ރާޑަރުތަކުގެ ކޮންޓްރޯލް އިންޑިޔާއަށް އޮތުމަކީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ. އެކަމާ ޚިޔާލު ތަފާތު ފަރާތްތަކުން ބުނެފައިވަނީ މިހާތަނަށް އެކަމުގެ ސަބަބުން ރާއްޖެއަށް ލިބިފައިވަނީ ފައިދާއާއި ރައްކާތެރިކަން ކަމަށެވެ.

“މަސްތުވާތަކެތީގެ ބޮޑެތި މުޢަމަލާތްތަކެއް ފަޅާއަރުވާލެވިއްޖެ. ކަނޑުމަގުން، ސްމަގުލްކުރުމުގެ ދޮރުތައް ބަންދުކުރެވިއްޖެ. ބޭރުގެ މަސްބޯޓުތަކަށް ހިތަކަށް ލިބިފައި އޮތް މަސްކަނޑުތަކުން ބޭރުގެ މަސްބޯޓުތައް ދުރަށް ޖެއްސިއްޖެ. ރާއްޖެއަށް ރައްކާތެރިކަމުގެ ނޭވާއެއް ލެވިއްޖެ. މިކަމުގައި އިންޑިޔާގެ އެހީތެރިކަން ވަރަށް ބޮޑު. ކުރިއަށް އޮތްތަނުގައިވެސް މިކަން ހިނގާނީ މިއުސޫލުން،” ޓްވީޓާގައި އެކަކު ޚިޔާލުފާޅުކޮށްފައިވަނީ މިގޮތަށެވެ.

“އިންޑިޔާއަކީ ދިވެހިންގެ ދުޝްމަނެއްނޫން. އަބަދުވެސް އެކުވެރިއެއް. މަދަދުގާރެއް.”

ރައީސް ސޯލިހު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ —

ފާއިތުވި ވެރިކަމުގައި ދިވެހި ރާޑަރުތައް ކުއްލިއަކަށް ނިއްވާލުމުން، ސްމަގުލްކުރާ މީހުންގެ މުދަލާއި ވަގު މަސްބޯޓު ފަހަރުގެ ހަރަކާތްތަކަށް ފަސޭހަވެގެން ދިއުމުގެ އިތުރުން ވަގު ފައިސާއާއި މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމަންޓްތައް ހުރަހެއްނެތި ރާއްޖޭގެ ރަށްތަކާ ހަމައަށް ވާސިލްވަމުންދިޔައެވެ. މި ހާލަތު ބަދަލުކޮށްލީ މިދެންނެވި ރާޑަރު ސިސްޓަމެވެ.

ކުރީގެ ރައީސް އަލްއުސްތާޒު މަޢުމޫނު އަބްދުލްޤައްޔޫމުގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައި އޮތީ “އިންޑިޔާ ފަސްޓް”ގެ ސިޔާސަތުގެ މައްޗަށެވެ. އެހެންނަމަވެސް އެހެން ޤައުމުތަކާއެކުވެސް ގާތް ގުޅުމެއް ބާއްވަމުން ގެންދެވިއެވެ. އެހެންކަމުން ރާއްޖޭގެ ސަލާމަތަށް، ސިޔާދަތަށް އޮޅުންއެރި ކޮންމެ ފަހަރަކު އިންޑިޔާގެ ޝަރުތެއްނެތް އެހީތެރިކަން ލިބިގެން ގޮސްފައިވެއެވެ. އެތަސްވީރުތައް، އެލިއުންތައް ދިވެހި މާޒީވި ސަފުހާތަކުން ފެންނަން އެބަހުއްޓެވެ.

އިންޑިޔާކަނޑުގެ ދޭދޭ ޤައުމުތަކުގެ މެދުގައި ނުތަނަވަސްކަން އުފެދި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ހާސްކަން އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ނުރައްކާ ކަމެކެވެ. އެކަމުގެ ނުރަނގަޅު ނަތީޖާ އެއް ދުވަހުން ދެ ދުވަހުން ނުފެނިދާނެއެވެ. އެކަމަކު ލަހުން ނަމަވެސް، ފަހުން ނަމަވެސް އެކަން ތަޖުރިބާކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ.
އެހެންކަމުން ރާއްޖޭގެ މިހާރުގެ ޚާރިޖީ ސިޔާސަތުވެސް ބައްޓަންކޮށްފައިވަނީ ކައިރިން ދުރަށް އަދި ދުރުން ކައިރިއަށް ގުޅުވާލެވިފައި އޮންނަ ގޮތަށެވެ، ޚާއްސަކޮށް އިންޑިޔާކަނޑުގެ ހަމެޖެހުމާއި ދޭދޭ ޤައުމުތަގެ ގުޅުން ހަރުދަނާވެ ބަދަހިވެފައި އޮތްކަން ކަށަވަރު ކުރެވޭނެ ފަދަ ސިޔާސަތުތަކެއްގެ މައްޗަށެވެ.

ރާއްޖެ މިހާރު އޮތީ މުޅި ދުނިޔެއަށް ހުޅުވާލެވިފައެވެ. ގުޅުވާލެވިފައެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަކި ބައްރަކަށް، ޤައުމަކަށް ފަހިވާ ގޮތަށް ބައްޓަންކޮށްފައިވާކަމަށް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ. ރަޢީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރާއްޖެއިން އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރަމުން ގެންދާނީ، ރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް ނުވާނެކަން ކަށަވަރު ކުރައްވަމުން ކަމަށެވެ. އެހެންކަމުން ދޭދޭ ޤައުމުތަކާ ރާއްޖެއާ އޮންނަ ގުޅުންތަކާމެދު ސަލާމަތާއި ރައްކާތެރިކަމުގެ ނަޒަރުން ބަލާއިރު ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއް އަދި ނެތެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published.