ހަށިގަނޑާއި މެދު ފަރުވާ ކުޑަކޮށްލުން، ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރު ކުރާކަމެއް!

ދިރިއުޅުމުގެ އެކި ކަންކަމުގައި ހޭބޯ ނާރާ އުޅޭއިރު، ގިނަ ފަހަރު އަޅުގަނޑުމެންގެ ހަށިގަނޑާއި މެދު ފަރުވާކުޑަ ކޮށްލެވޭތަން އާދެއެވެ. މިގޮތަށް ހަށިގަނޑަށް ފަރުވާ ކުޑަކޮށްލެވޭ ކޮށްލެވުމުގެ ސަބަބުން ސިއްހީގޮތުން އެތަކެއް ނުރަނގަޅު ނަތީޖާތަކެއް ނުކުމެއެވެ. ކަން މިހެން ހުރިނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މިކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

މިފަދައިން ފަރުވާ ކުޑަކޮށްލެވޭ ބައެއް ކަންކަމަކީ ތިމާގެ ސިކުނޑިއަށްވެސް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެކެވެ. އެގޮތުން އަޅުގަނޑުމެން ފަރުވާ ކުޑަކޮށްލާ ބައެއް ކަންތައް ތަކުގެ ތެރެއިން ކޮންމެ ވެސް މިންވަރެއް ހިމަނާލާނަމެވެ.

އެގޮތުން އެއް ކަމަކީ ހެނދުނު ގެ ނާސްތާއާއި މެދު ފަރުވާ ކުޑަކޮށް ލެވުމެވެ. ގިނަ މީހުން ހެނދުނު ތެދުވެ ވަޒީފާއަށް ނުވަތަ އޮފީހަށް ދާއިރު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކީ ހެނދުނުގެ ނާސްތާ ނުކޮށްދާ މީހުންނެވެ. މިގޮތަށް ވުމުން ހަށިގަނޑުގެ ހަކަތަ ދައްވެ ލޭގައި ހަކުރު ހިމެނޭ މިންވަރު ދަށްވެއެވެ. އެހެން ކަމުން ސިކުނޑިއަށް ބޭނުންވާ ވަރަށް ނިއުޓްރިޝަން ފޯރުކޮށް ނުދެވޭ ގޮތް ވެއެވެ. އެހެން ކަމުން މިފަދަ ގެއްލުންތަކުން ސަލާމަތް ވުމަށް ހެނދުނުގެ ނާސްތާ އަކީ މުހިންމު އެއްޗަކަށް ހަދަން އެބަޖެހެއެވެ.

އެހެން ކަމަކަށް ބަލާއިރު، މާގިނައިން ހަކުރު ބޭނުންކުރުން ހިމެނެއެވެ. މާގިނައިން ހަކުރު ބޭނުން ކުރުމަކީވެސް ރައްކާތެރި ކަމެއް ނޫނެވެ. އެގޮތުން މާ ގިނައިން ހަކުރު ބޭނުން ކުރުމަކީ ސިކުނޑިއަށް ބޭނުންވާވަރަށް ޕްރޮޓީން އަދި ނިއުޓްރިޝަން ފޯރުކޮށްދިނުމަށް ހުރަސްއަޅާ ކަމެކެވެ. މިހެން ވެއްޖެ ނަމަ ސިކުނޑި އިތުރަށް ތަނަވަސްވުމަށް ހުރަސް އެޅެއެވެ.

ތިންވަނަ ކަމަކީ އިންސާނާއަށް ލިބެންވާ ވަރަށް ރަނގަޅަށް ނިދި ނުލިބުމެވެ. ނިދި ރަނގަޅަށް ހަމަ ކުރަން ޖެހެއެވެ. އެގޮތުން ކޮންމެ މީހަކުވެސް 8 ގަނޑި އިރުގެ ނިދި ހަމަކުރަން ޖެހެއެވެ. އެހެނީ އަޅުގަނޑުމެން އިންސާނުން ކޮންމެ ދުވަހަކު ވެސް ހޭބޯނާރާ މި ކުރާ މަސައްކަތް ތަކުގައި ސިކުނޑީގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން ސިކުނޑިވެސް އެތައްމަސައްކަތެއް ކުރެއެވެ. އެހެން ކަމުން އެއަށް ބޭނުންވާވަރަށް އަރާމުވެސް ދޭން ޖެހެއެވެ. އެހެން ކަމުން އަހަރެމެން އިންސާނުންނަށް ހަމައަށް ނިދި ނުލިބުމަކީ ސިކުނޑީގެ ސެލްތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެކެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.